އޮޑިޓާ ޖެނެރަލް ނެރުއްވީ ސިޔާސީ އޮޑިޓް ރިޕޯޓެއް: އަދީބު

ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ނެރުއްވާފައި ވަނީ ސިޔާސީ އޮޑިޓް ރިޕޯޓެއް ކަމަށް އަދީބު ވިދާޅުވެއްޖެ އެވެ.

އަދީބު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އޮޑިޓާ ޖެނެރަލް "ސިޔާސީ އޮޑިޓް ރިޕޯޓެއް ނެރުއްވީތީ" ޝުކުރު ދަންނަވާ ކަމަށެވެ.

މަލާމާތުގެ ރާގަކަށް އަދީބު ވިދާޅުވީ ގައުމުގައި ކަމެއް ގޯސްވެއްޖެނަމަ ނުވަތަ ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމެއް ދިމާވެއްޖެނަމަ އެންމެ ފަސޭހަގޮތަކީ އޭނާގެ ބޮލުގައި އެކަމެއްގެ އިލްޒާމް އެޅުވުން ކަމަށެވެ.
އޮޑިޓާ ޖެނަރަލްގެ އޮފީހުން މިއަދު ނެރުނު ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެމްޕީއެލަށް ފަސް މިލިއަން ޑޮލަރު ގަތުމަށް މޯލްޑިވްސް މާކެޓިން ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހިންގި މުއާމަލާތުގައި ވަކި ބަޔަކަށް މަންފާވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. އަދި އެއް މިލިއަން ޑޮލަރުގެ ލޯނެއް، އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިޒަމް މިނިސްޓަރުގެ އާއިލީ މަންފާ އޮންނަ ކުންފުންޏަކަށް ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އެ މުއާމަލާތް ހިންގުމަށް މިނިސްޓަރު އަދީބު ބާރު އަޅުއްވާފައިވާކަން ލިޔެކިޔުންތަކުން އެނގޭ ކަމަށާއި އެއް މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައި ވަނީއަދީބުގެ އާއިލީ މަސްލަހަތު އޮންނަ މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓަށް ކަމަށް ރިޕޯޓުގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު