ފަލަސްތީނަކީ ދައުލަތެއް ކަމަށް ސުވިޑުން ސަރުކާރުން ބަލައިގެންފި

ފަލަސްތީނަކީ ރަސްމީ ދައުލަތެއް ކަމަށް ސުވިޑުން ސަރުކާރުން ބުރާސްފަތި ދުވަހު ނިންމައިފި އެވެ.

ސުވިޑުން ސަރުކާރުން މިއަދު ބުނީ އެ ނިންމުމަކީ ވަރަށް ހާއްސަ ނިންމުމެއް ކަމަށާއި އެ ނިންމުމާ އެކު ގިނަ ބަޔަކު އެ މަގު އިހުތިޔާރު ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ފަލަސްތީނަކީ ދައުލަތެއް ކަމަށް އިނގިރޭ ޕާލަމެންޓުން ވަނީ ނިންމައިފަ އެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކުގެ އަލީގައި ފަލަސްތީނަކީ ދައުލަތެއް ކަމަށް ބަލައިގަތުމުގެ މައްސަލައަކީ ލަސްކުރަން ޖެހޭ މައްސަލައެއް ނޫން ކަމަށް ސުވިޑުންގެ ފޮރިން މިނިސްޓަރު މަރޮގުތު ވޯލްސުޓްރަމް ވިދާޅުވި އެެވެ.

އަދި އެކަމަނާ ސީއެންއެން އަށް ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކުން ދައުކަތަކަށް ލިބެން ޖެހޭ ހުރިހާ ސިފަތަކެއް ފަލަސްތީނަށް ލިބިގެންވާ ކަމަށެވެ. އަދި ވިދާޅުވީ ފަލަސްތީނު ބަލައިނުގަތުމަކީ ގޯހެއް ކަމަށެވެ
. - ޒ-
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު