ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ އުސޫލު ހައިކޯޓުން ބާތިލްކޮށްފި

ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން އެކުލަވާލާފައިވާ އުސޫލު ހައިކޯޓުން މިއަދު ބާތިލް ކޮށްފިއެވެ.

ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރާއި ހަސަން ފިޔާޒު އެ ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބެއްލުމަށްފަހު ހައިކޯޓުން މިއަދު ކުރި ހުކުމްގައި އެ ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ އާ އުސޫލެއް އެކުލަވާލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

ހައި ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރަންޖެހިފައި ވަނީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި އަހްމަދު ޝަރީފް އަލީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާތީ އޭނާ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައިވާތީ އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރި އިއުލާނާ ގުޅިގެން ނުވަ ބޭފުޅަކު ވަނީ ކުރިމަތިލާފައެވެ. އެއީ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ގާޒީ މުހުތާޒް ފަހުމީ އާއި ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދާއި ސިވިލް ކޯޓުގެ ގާޒީން ކަމުގައިވާ ހުސައިން މަޒީދާއި އަބްދުﷲ ޖަމީލް މޫސާ އާއި އައިޝާ ޝުޖޫން މުހައްމަދާއި މަރިޔަމް ނިހާޔަތުގެ އިތުރުން ހުޅުމާލޭ ކޯޓުގެ ކައިވެނީގެ ރެޖިސްޓްރާ ހަސަން އަލީ އަދި ޔޫއެންޑީޕީގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓޭޓިވްގެ މަގާމުގައި ހުންނެވި އައިޝަތު ރިޒްނާ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު