ސިފައިން މާލޭ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ފަށައިފި

ރޭފަތިހުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާތީ މާލޭގެ މަގުތަކުން ފެންހިއްކުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސް (އެފްއާރުއެސް) ގެ ސިފައިން ފަށައިފި އެވެ.

އެގޮތުން އައިޖީއެމްއެޗް ސަރަޙައްދާއި ޣިޔާސުއްދީން ސްކޫލް ސަރަޙައްދުގައި ޕަންޕު ޖައްސައިގެން ފެންހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުގެ ސިފައިން އަންނަނީކުރަމުންނެވެ.

ރޭ ފަތިހުން ފެށިގެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ގިނަމަގުތަކެއްގައި ގާތްގަނޑަކަށް ފޫޓަކާ ގާތްކުރާވަރަށް ވަނީ ފެންބޮޑުވެފަ އެވެ.

އޭގެ ސަބަބުން ގިނަ ސްކޫލްތަކުގެ ދަރިވަރުންނާއި އާންމުންނަށް ވަނީ ހިނގާ ބިނގާވެ އުޅުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު