ފުލުހުންގެ ވެހިކަލް ތަކުގައި ސްކޫލްތަކަށް ކުދިން އުފުލައިދޭން ފަށައިފި

ވިއްސާރައިގެ ސަބަބުން ސްކޫލަށް ނުދެވި ތިބި ބައެއް ކުދިން ސުކޫލަށް ގެންގޮސްދިނުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ސަންގެ ނޫސްވެރިން މިއަދު ވިލިނގިލީ ފެރީ ޓާމިނަލް އާއި ހުޅުމާލޭ ފެރީޓާމިނަލް ސަރަހައްދަށް ދިޔައިރު، އެތަނުގައި ވިއްސާރާގައިޖެހި ސްކޫލުތަކަށް ނުދެވިފައި ތިބި ކުދިން ސްކޫލަށް ގެންގޮސްދިނުމުގެ މަސައްކަތް ފުލުހުންގެ ވެހިކަލްތަކުގައި ކުރަމުންދާ މަންޒަރު ވަނީ ފެނިފައެވެ.

އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދާޅުވީ، ވިއްސާރަވުމާއި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން ސްކޫލް ތަކަށް ނުދެވިފައި ތިބި ދަރިވަރުން ސްކޫލްތަކަށް ގެންދިއުމަށް ފުލުހުންގެ ގިނަ އަދަދެއްގެ ވެހިކަލްތަކުގައި މަސައްކަތް ފަށާފައިވާ ކަމަށެވެ.

" ވިއްސާރައިގެ ސަބަބުން ދިމާވެފައިވާ ދަތިތައް ހައްލު ކުރެވެންދެން އަޅުގަނޑުމެން މި ހިދުމަތް ދޭނަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އިރުއިރުކޮޅުން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނާއި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ބޭރަށް ނުކުމެ އުޅުމަށް ގިނަ ބަޔަކަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު