ޝަހުމް އާއި ފަރިޔާޝް ފިލުވި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މާފުށި ޖަލުން ފިލައިގެން ނިކުތް ނުރައްކާތެރި ދެ ކުށްވެރިން ޖަލުން ފިލުމަށްފަހު، އެ ދެ ކުށްވެރިން ފިލުވައިގެން ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލައާ ގުޅީގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ތެރެއިން 20 އަހަރުގެ މީހާގެ ބަންދަށް ފުރަތަމަ ދީފައިވާ 5 ދުވަހުގެ މުއްދަތު ހަމަވުމުން، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް އިތުރު 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި 32 އަހަރުގެ މިހާގެ ބަންދަށް ފުރަތަމަ ދީފައިވާ 10 ދުވަހުގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.

ފުލުުން ބުނީ އެ ދެ މީހުންގެ ތެރެއިން 20 އަހަރުގެ މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ފޭރުމުގެ މައްސަލަތަކުގެ އިތުރުން މަރުގެ އިންޒާރުދީ މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.

ނުރައްކާތެރި ދެ ކުށްވެރިން ފިލި މައްސަލަ އާއި ޖަލުން ފިލުމަށްފަހު އެ ދެ ކުށްވެރިން ފިލުވައިގެން ގެންގުޅުނު މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު