ބީއެމްއެލްގެ ފައިދާ 205 މިލިއަން ރުފިޔާ އަށް އަރައިފި

ގައުމީ ބެންކް، ބެންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އަށް މިއަހަރުގެ ތިން ވަނަ ކުއާޓާގައި ފައިދާގެ ގޮތުގައި 205 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ބީއެމްއެލް އަށް މި އަހަރުގެ ދެވަނަ ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި 353 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ބީއެމްއެލް އިން މިއަދު ބުނީ 205 މިލިއަން ރުފިޔާ ތިން ވަނަ ކުއާޓާގައި ސާފް ފައިދާގެ ގޮތުގައި ލިބިފައިވާއިރު އެއީ މިއަހަރުގެ ދެ ވަނަ ކުއާޓާއާއި އަޅާބަލާއިރު 105 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ.

ބީއެމްއެލްއިން ބުނީ ތިން ވަނަ ކުއާޓާގައި އެކުންފުއްޏަށް ލިބުނު އާމްދަނީ އިތުރުވެ ބެންކްގެ ޚަރަދުތައް ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. އަދި ލޯނު ދޫކުރެވުނު އަދަދު އިތުރުވެފައިވާ ކަމަށްވެސް ބެންކުން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވެފައިވަނީ ބެންކް މާލީ ގޮތުން ދަނީ ކާމިޔާބީތަކެއް ހޯދަމުން ކަމަށާއި ކޮންމެ ރަށެއްގައި ބެންކްގެ ޚިދުމަތް ދިނުމުގެ ގޮތުން ބެންކްގެ ޚިދުމަތް ނުލިބޭ ނުވަ ރަށަކަށް މިދިޔަ ކުއާޓާގައި ޕީއޯއެސް ޓާމިނަލް ބޭނުންކޮށްގެން ފައިސާ ނެގޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

ބީއެމްއެލްއިން އަލަށް ތައާރަފްކުރި ކޯ ބެންކިން ސިސްޓަމާ ގުޅިގެން ހީލީ ވިދާޅުވެފައިވަނީ އެސިސްޓަމްގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެން ދިޔަ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު