ދިރާގުގެ އިކުއިޕްމަންޓަކަށް ހޮނު އަޅައިފި

ދިރާގުން މޯލްބައިލް ހިދުމަތް ދިނުމަށް ބޭނުން ކުރާ "އިކްއިޕްމަންޓަކަށް" ހޮނު އަޅައި މޯލްބައިލް ހިދުމަތް ތަކަށް ބުރޫއަރައިފި އެވެ.

ހޮނުއެޅި އިކުއިޕްމަންޓުގެ ތަފްސީލެއް ދިރާގުން ނުދެ އެވެ.

ދިރާގުގެ މާކެޓިން އެންޑް ސޭލްސް މެނޭޖަރު އިބްރާހީމް އިމްޖާދު ޖަލީލު މިއަދު 'ސަން'އަށް ވިދާޅުވީ، ރޭ ފަތިހު ކުރި ވިއްސާރާގައި މާލޭގައި ހުރި އެކުންފުނީގެ އިކްއިޕްމަންޓަކަށް ހޮނު އަޅާފައިވާ ކަމަށާއި އެކަމުގެ ސަބަބުން މޯބައިލް ފޯނު ކުރުމަށާއި އެސްއެމްއެސް ކުރުމުގެ އިތުރުން ޑޭޓާ ބޭނުން ކުރުމަށް ކަސްޓަމަރުންނަށް ދަތިތަކާކާ ކުރިމަތި ވަމުންއަންނަ ކަމަށެވެ.

އިމްޖާދު ވިދާޅުވީ، ފޯނު ކުރުމަށް ދިމާވާ ދަތިތަކަށް މިހާރު ހަައްލު ގެނެސްފައިވާ ކަމަށާއި އަދި އެސްއެމްއެސް ކުރުމާއި ޑޭޓާ ބޭނުން ކުރުމަށް ދިމާވާ ދަތިތައް ވަރަށް އަވަހަށް ހައްލުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ކަސްޓަމަރުންނަށް ދިމާވެލައްވާ ދަތިތަކަށް މައާފަށް އެދެން، އަދި ވަރަށް އަވަހަށް މި މައްސަލަތައް ހައްލުވާނެ ކަމުގެ ޔަގީންކަން އަރުވަން،" އިމްޖާދު ވިދާޅުވި އެވެ.

ރޭ ފަތިހު ކުރި ވިއްސާރާގައި މާލެ ސަރަހައްދަށް ވަރަށް ބާރު ގަދަ އަޑަކާއެކު ދެ ތިން ފަހަރަކު ގުގުރާފައިވާއިރު އޭގެ ސަބަބުން މާލޭގެ ވަކިހިސާބަކުން ކަރަންޓުވެސް ކެނޑުނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު