ތ. އަތޮޅު މުބާރާތް: ވަންދޫ ދެވަނަ މެޗުންވެސް މޮޅުވެއްޖެ

ތ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި ކަނޑޫ ސްޕޯޓްސް ކްލަބާއި ބައްދަލު ކުރި މެޗުން 0-1 ލަނޑުން މުބާރާތުގެ ދެވަނަ މެޗުން ވެސް ވަންދޫ ވިޓްސް ޖަމިއްޔާ މޮޅުވެއްޖެއެވެ.

ވަންދޫ އިން އެންމެ ފުރަތަމަ ކުޅުން މެޗުގައި ގުރައިދޫ އެންޑޫވްމެންޓް މޫވްމެންޓާއި ބައްދަލުކޮށް މޮޅުވީ 0-3 ލަނޑުންނެވެ.

އިއްޔެ ކުޅުން މެޗުގެ ހަމައެކަނި ގޯލު ވަންދޫ ޓީމުން ޖަހާފައިވަނީ ޖާޒީ ނަމްބަރު ހައެއް ކުޅުންތެރިއެވެ. އަދި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަނޑޫ ޓީމުގެ ޖާޒީ ނަމްބަރު 77 ކުޅުންތެރިއެވެ.

މުބާރާތުގައި މިޔަދުގެ މެޗުގައި ބައްދަލު ކުރާނީ ގުރައިދޫ އެންޑޫވްމެންޓް މޫވްމެންޓާއި ފައުންޑޭޝަން އޮފް ތިމަރަފުށި ޔޫތެވެ.

އެ އަތޮޅު ވޭމަންޑޫގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ބައިވެރި ވެފައިވެއެވެ. އެއީ ވޭމަންޑޫ ޒުވާނުންގެ ޖަމިއްޔާ އާއި ކަނޑޫ ސްޕޯޓްސް ކްލަބާއި ގުރައިދޫ އެންޑޫވްމެންޓް މޫވްމެންޓާއި ވާންދޫ ވިޓްސް ޖަމިއްޔާގެ އިތުރުން ފައުންޑޭޝަން އޮފް ތިމަރަފުށި ޔޫތު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު