ކޮންމެ ދިވެއްސަކަށް މުސްހަފެއް ހަދިޔާކުރުމުގެ މަޝްރޫއު ފަށައިފި

ކޮންމެ ދިވެއްސަކަށް ކީރިތި ގުރުއާނުގެ ކޮޕީއެއް ނުވަތަ މުސްހަފެއް ދިނުމުގެ މަޝްރޫއު ފަށައިފި އެވެ.

އިސްލާމީ މަރުކަޒުގައި މިރޭ އޮތް ރަސްމިއްޔާތުގައި "ކޮންމެ ދިވެއްސަކަށް މުސްހަފެއް" ގެ ނަމުގައި ބަހްރެއިން ޤުރުއާން ކެއާ ސޮސައިޓީއާ ގުޅިގެން ފެށި އެ މަޝްރޫއު އިފްތިތާހް ކޮށްދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ބަހްރެއިން ޤުރުއާން ކެއާ ސޮސައިޓީގެ ރައީސް ޑރ. އާދިލް ހަސަން ޔޫސުފް ހަމަދެވެ.

ކޮންމެ ދިވެއްސަކަށް މުސްހަފެއް ދިނުމުގެ މަޝްރޫއު ރާއްޖޭގައި މިރޭ ފެށިއިރު، އެ މަޝްރޫއު ވަނީ ބަހްރެއިންގައި ވެސް މިރޭ ފަށާފަ އެވެ.
އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ ސޮއްފާނު ޔޫސުފް

މަޝްރޫއު ފައްޓަވައިދެއްވުމަށް ފަހު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި އެ މުސްހަފު ނެރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެ މުސްހަފު ނެރުމަށް މަަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މުސްހަފް ޗާޕުކުރުމަށް ސްޕޮންސާކުރައްވަން ބޭނުންވާ ފަރާތްތަކާއި އެކަމަށް އެހީތެރިކަން ވެދެއްވަން ބޭނުންވާ ކޮންމެ ބޭފުޅަކަށް އެކަން ހުޅުވާލާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު