ކެމަލް ސިގިރޭޓް އުފައްދާ ކުންފުނީގެ އޮފީސް ތަކުގައި ސިނގިރޭޓް ބުއިން މަނާކޮށްފި

ކެމަލް ސިނގިރޭޓް އުފައްދާ ކުންފުނި "ރޭނޮލްޑްސް އެމެރިކަން" އިން އެމީހުންގެ އޮފީސް ތަކުގައި ސިނގިރޭޓް ބުއިން މަނާ ކޮށްފިއެވެ.

ރޭނޮލްޑްސް އެމެރިކަން އިން ވަނީ އެމީހުންގެ މުވައްޒަފުންނަށް އޮފީހުގެ އެއްވެސް މޭޒެއް ދޮށުގަޔާއި، ކޮންފެރެންސް ރޫމްގަޔާއި، ލިފްޓްސް ތަކުގަޔާއި އަދި ކެބިންއެއްގައި ވެސް ސިނގިރޭޓްގެ އެއްވެސް ބާވަތެއް ބުއިން މަނާކޮށްފައެވެ. އޭގެ ތެރޭގައި ސިގާސް އަދި ޕައިޕްސް (ބިޑި، ސުއްޓާ) ވެސް ހިމެނެ އެވެ. މިގޮތަށް މަނާ ކުރިޔަސް މި ގަވާއިދަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުގައި ކަމަށް ރޭނޮލްޑްސް އެމެރިކަން އިން ބުނެއެވެ. އެއީ އެކުންފުނިން ހަދާ "ސްމޯކިން އޭރިއާސް" ތަކުގެ މަސައްކަތް ނިމޭނީ އެހާ ހިސާބުގައި ކަމަށް ވާތީ އެވެ. އެހެން ކަމުން އަންނަ އަހަރުން ފެށިގެން، އޮފީހުގައި އުޅެމުން ސިނގިރޭޓް ބޯން ބޭނުން ވާ އެއްވެސް މީހަކަށް އެކަމަށް ހާއްސަ ކުރެވިފައިވާ "ސްމޯކިން އޭރިއާ" ގައި ނޫނީ ސިނގިރޭޓެއް ނުބޮވޭނެ އެވެ.

އަންނަ އަހަރުން ފެށިގެން އޮފީސްތެރޭގައި ސިނގިރޭޓް ބުއިން މަނާކުރިޔަސް މިހާރުވެސް އެކުންފުނީގެ އެއްވެސް ފެކްޓަރީއެއްގަޔާއި، ކެފަޓީރިއާގަޔާއި އަދި ފިޓްނަސް ސެންޓަރު ތަކުގައި ސިނގިރޭޓް ބުއިމަކީ މުޅީން މަނާ ކަމަކެވެ.
ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު ޓޮބާކޯ ކުންފުނީގެ ތަރުޖަމާނު ޑޭވިޑް ހަވާރޑް ބުނި ގޮތުގައި އަލަށް މި ހެދި ގަވައިދުގެ ސަބަބުން އޮފީހުގައި މަސައްކަތްކުރާ، ސިނގިރޭޓް ބޯ މީހުނާ ނުބޯ މީހުނަށް ވެސް ފަސޭހަތަކެއް ވެގެން ދާނެއެވެ.

"އަހަރުމެންގެ ގަވާއިދު މިބަދަލުކުރަނީ މިހާރުގެ މުޖުތަމައުގެ ދިރިއުޅުމުގެ ކަންތައްތަކަށް ބަލައިފައި." ޑޭވިޑް ބުންޏެވެ.

ކެމެލް ސިނގެރެޓް އުފައްދާ ކުންފުނިން އެ ކުންފުނީގެ އޮފީސްތަކުގައި، ސިނގިރޭޓް ބުއިން މަނާކުރުމާއި ގުޅިގެން "ސްމޯކްލެސް ޓޮބާކޯ" ޕްރޮޑަކްޓްސް (އިލެކްޓްރޯނިކް ސިގިރޭޓްސް އަދި މޮއިސްޓް ސްނަފް) ކަހަލަ އެއްޗެހި ބޭނުން ކުރުން އިތުރު ވެގެންދާނެ އެވެ. ރޭނޮލްޑްސްގެ ސަބްސިޑަރީ ކުންފުނިތަކުން "ސްމޯކްލެސް ޓޮބައިކޯ ޕްރޮޑަކްޓްސް" އުފައްދަ އެވެ.

އަލްޓްރިޔާ ގްރޫޕް އިންކޯޕަރޭޝަން، "ޕްލިޕްސް މޯރިސް ޔޫއެސްއޭ" ސިނގިރޭޓް އުދައްދާ ކުންފުނީގެ ތަރުޖަމާނު ބުނި ގޮތުގައި އެމީހުންގެ ކުންފުނިތަކުގައި ވެސް ފެކްޓްރީ އާއި، ލިފްޓް ތަކުގަޔާއި، ހޯލްވޭ ތަކުގައި ސިނގިރޭޓް ބުއިމަކީ މަނާ ކަމެކެވެ. އެމީހުންގެ އޮފީސްތަކުގައި ވެސް ކޮންފެރެންސް ހޯލް، ކެފެޓީރިޔާ އަދި ކެބިން ތަކުގައި ސިނގިރޭޓް ބުއިމަށް ވަކީން ހާއްސަ ތަންތަން ވަނީ ތައްޔާރު ކޮށްފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު