އިމާރާތަކުން ބިއްލޫރި ދޮރެއް ވެއްޓި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ

މާފަންނުގައި ހުރި އިމާރާތެއްގެ މަތިން ބިއްލޫރި ދޮރެއް ވެއްޓި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ އެވެ. އެ ހާދިސާގައި އަނިޔާވެފައި ވަނީ ސައިކަލެއްގައި ދުއްވާފައި ދިޔަ ދެ މީހަކަށެވެ. ބޯ ފަޅައިގެން ގޮސް، ސީރިއަސް އަނިޔާތަކެއް ލިބުނީ ސައިކަލް ދުއްވަން އިން މީހާއަށެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި ބޯ ފަޅައިގެން ގޮސްފައި ވަނީ ދިވެހި ފިރިހެނެއްގެ ކަމަށާއި އޭނާގެ ބޮލަށް ގެއްލުންތަކެއްވެފައިވާ ކަމަށެވެ. އޭނާ އަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

އިމާރާތެއްގެ މަތިން ބިއްލޫރި ދޮރެއް ވެއްޓުނީ މަޖީދީމަހުގައި ހުންނަ ސޮނީހާޑުވެއާ ހިންގާ އިމާރާތް، ސަތްކެޔޮމާގޭގެ ފުރަތަމަ ބުރިންނެވެ. އެ ހާދިސާގައި އަނިޔާވި ދެ މީހުންގެ ތެރެއިން ބޯ ފަޅައިގެން ދިޔަ މީހާ އަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު