ހިނެވުމުގެ ކަންތައްތައް ވަގުތީ ގޮތުން ގަލޮޅު ސަހަރާއަށް ބަދަލުކޮށްފި

އާ ސަހަރާގައި މަރާމާތުގެ މަސައްކަތެއް ކުރުމަށް މައްޔިތާގެ ހިނެވުމުގެ މަސައްކަތް މިއަދުން ފެށިގެން ގަލޮޅު ސަހަރާ އަށް ވަގުތީ ގޮތުން ބަދަލުކޮށްފި އެެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބް މިއަދު ސަން އަށް ވިދާޅުވީ ހިނެވުމުގެ ކަންތައްތައް ގަލޮޅު ސަހަރާ އަށް ބަދަލުކުރީ އާ ސަހަރާގެ ހިނަވާގެ މަރާމާތު ކުރުމުގެ މަސައްކަތެއް ކުރުމަށް ކަމަށާއި އެ މަސައްކަތް ނިމުމުން އަލުން އެ މަސައްކަތް އާ ސަހަރާއަށް ބަދަލުކުރައްވާނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ނިމޭނެ ތާރީހެއް ވިދާޅެއް ނުވެ އެވެ.

ޝިހާބް ވިދާޅުވީ އާ ސަހަރާގެ ހިނަވާގޭގެ ފުރާޅު ވަރަށް ބޮޑަށް ބާވެ ހިނަވާގޭ ތެރެއަށް ވާރޭ ވެހެމުންދާ މައްސަލަތަކެއް ދިމާވަމުންދާތާ ދުވަސްތަކެއް ވެފައިވާ ކަަމަށާއި ހިނެވުމުގެ ކަންތައްތައް ގަލޮޅު ސަރަހާ އަށް ބަދަލު ކުރި ނަމަވެސް ކަށު ނަމާދު ކުރުމާއި ވަޅުލުމަށް ގެންދާނީ އާ ސަހަރާ އަށް ކަމަށެވެ.

"ހިނަވާގޭގެ ފުރާޅު ވަރަށް ބޮޑަށް ބާވެ ވާރޭ ވެހޭތީ އެ މައްސަލަ ހައްލުކުރުމަށް ވަގުތީ ގޮތުން ގެނެސްފައިވާ ބަދަލެއް މިކަމަކީ. ހިނެވުމަށް ފަހު ކަށު ނަމާދުގެ ކަންތައްތައް ކުރުމަށް އާ ސަހަރާއަށް ނުވަތަ އާއިލާ އިން ބޭނުން މިސްކިތަކަށް ގެންދެވޭނެ،" މޭޔަރު ވިދާޅުވި އެވެ. '
ގަލޮޅު ސަހަރާ: އާ ސަހަރާގެ ހިނަވާގޭގެ މަސައްކަތެއް ކުރާތީ ހިނެވުމުގެ ކަންތައްތައް ވަގުތީ ގޮތުން ގަލޮޅު ސަހަރާއަށް ވަނީ ބަދަލުކޮށްފައި -- ސަން ފޮޓޯ ފަޔާޒު މޫސާ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު