ކައުންސިލަރު ޖެނެރަލް ކަމުގެ މަގާމުން ސައުދު ވަކިކޮށްފި

ޖުމްހޫރީ ޕާޓީގެ ކައުންސިލަރު ޖެނެރަލް ކަމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ވަގުތު ނުދެއްވާތީ އެ މަގާމުން ޑރ. މުހައްމަދު ސައުދު ވަކިކޮށްފި އެވެ.

ޖޭޕީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސައުދު އެ މަގާމުން ދުރުކޮށްފައި ވަނީ ޕާޓީގެ މަސައްކަތްތަކަށް އެކަށީގެންވާ ވަރަށް ވަގުތު ނުދެއްވުމާއި ޕާޓީގެ އެ މަގާމުގެ މާ ބޮޑު ބޭނުމެއް މިވަގުތު ނެތުމުން ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ރިޔާސީ އިންތިހާބަށް ފަހު ސައުދު އޮފީހަށް ނުކުންނަވާފައި ވަނީ ވަރަށް މަދު ފަހަރެއްގަ އެވެ.

ސައުދު މިއަދު ސަން އަށް ވިދާޅުވީ އޭނާ އެ މަގާމުން ދުރުކުރި ކަން ސީދާ އަންގާފައި ނުވާ ކަމަށާއި ނަމަވެސް އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ދެކެވަޑައިގެންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް މިވަގުތު ސިޔާސީ ކަންކަމަށާއި އެމަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތެއް ނުދޭވޭ، އެހެންވެ އެހެންވެ އެމާގާމުގައި ހުންނާކަށް އަސްލު މިހާރު ބޭނުމެއް ވެސް ނުވޭ،" ސައުދު ވިދާޅުވި އެވެ.

މީގެއިތުރުން ކައުންސިލްގެ އިތުރު ދެ މަގާމަކަށް ދެ ބޭފުޅަކު ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން ހެލްތް ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް ހޮވިފައިވަނީ ޕާޓީގެ ލީގަލް ސެކެޓްރީ ކަމުގައި މިހާރު ހުންނެވި އިމާދު ސޯލިހު އެވެ. އަދި ހައުސިން ކައުންސިލް ކަމަށް ހޮވިވަޑައިގެންފައިވަނީ ޕާޓީގެ ރަޖިސްޓްރާ ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ސައުދު އެވެ. އެ

ކައުންސިލްގެ ދެ މަގާމަކަށް ބޭފުޅުން އިންތިހާބް ކުރުމުގެ އިތުުރުން ސައުދު އެ މަސްއޫލިއްޔަތުން ދުރުކުރަން ނިންމާފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި އެޕާޓީގެ 82 ވަނަ ހިންގާ ޖަލްސާގެ ބައްދަލުވުމުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު