ކުޅުދުއްފުށީ ގެއެއްގެ ގުދަނުގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއްވެއްޖެ

ހދ. ކުޅުދުއްފުށީ ގެއެއްގެ ގުދަނުގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ސަން އަށް މިއަދު ވިދާޅުވީ ފަތިހު 4:40 ކަންހާއިރު އަލިފާން ރޯވެފައިވަނީ އެރަށު ކަފަލޯގޭގައި ހުރި ގުދަނެއްގައި ކަމަށެވެ. އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއްނުވެ އެވެ.

ކަފަލޯގޭ ގުދަނުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އެނގިފަ އެއް ނުވެ އެވެ.

ފުލުހުން ބުނީ އަލިފާނުގެ އެހާދިސާގައި ކަފަލޯގެއާއި ޖެހިގެން ހުޅަނގަށްހުރި ދެ ކޮޓަރިއެއްގެ ފާރުތަކަށް އަލިފާނުގެ އަސަރުކޮށް ކަނޑައިގެންގޮސްފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ނައިބުރައީސް މުހައްމަދު އައިމަން ވިދާޅުވީ އަލިފާން ރޯވި ގުދަނަކީ ކަރަންޓް ވަޔަރުކޮށްފައި ހުރި ތަނެއްވެސް ނޫން ކަމަށެވެ. އަދި ގުދަނުގައި އަލިފާން ރޯވިއިރު، ގިނަ އަދަދެއްގެ މުދާހުރިކަށާއި އޭގެތެރޭގައި ބައިސްކަލުތަކަކާއި ތިން ފެން މޯޓަރާއި ދޮންނަ މެޝިނެއް ވެސް ހުރި ކަމަށް ވެސް ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު