ޓީއެމްއޭގެ ސީޕްލޭންގެ އަދަދު 45 އަށް އިތުރުކޮށްފި

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އާ ސީޕްލޭނެއް ގެނެސް އެކުންފުނީގެ ސީޕްލޭންގެ އަދަދު 45 އަށް އިތުރުކޮށްފި އެވެ.

ޓީއެމްއޭ އިން ބުނީ، އެ ކުންފުނިން އަލަށް ގެނެސްފައި ވަނީ "ޑި ހާވިލޭންޑް ޑީއެޗްސީ 6 ސީރީސް 300" މަރުކާގެ ބޯޓެއް ކަމަށެވެ.

ކެނެޑާގެ ކަލްގަރީ ސިޓީން ކުރި ދަތުރަށްފަހު އެބޯޓު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

ޓީއެމްއޭގެ މާކެޓިން އެންޑް ޕީއާރު މެނޭޖަރު އިބްރާހިމް ޝިފާން "ސަން" އަށް ވިދާޅުވީ، އާ ބޯޓެއް ގެނެސްފައި ވަނީ ހައި ސީޒަނާ އެކު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމާއި އަލަށް ހުޅުވި ރިސޯޓުތަކާ އެކު ބެޑް ކެޕޭސިޓީ އިތުރުވުމާ ގުޅިގެން ކަމަށެވެ.

ޓީއެމްއޭ އިން ވަނީ ވޭތުވެދިޔަ އަހަރު 120،000 ފްލައިޓް އޮޕަރޭޓްކޮށް 960،000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ހިދުމަތްދީފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު