ރޭންކިން ދެ މެޗުން ރާއްޖެ ބަލިވެއްޖެ

ބަހުރެއިންގެ ވެރިރަށް މަނާމާގައި ކުރިއަށް ގެންދާ 17 ވަނަ އޭޝިއަން މެންސް 20 އަހަރުން ދަށުގެ ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ރޭންކިން މެޗުތަކުގައި ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު ކުޅުނު ދެމެޗުން ވެސް ބަލިވެއްޖެ އެވެ.

މި މިމަހުގެ 17 އިން 25 އަށް ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ ރޭންކިން މެޗުގައި ބުރާސްފަތި ދުވަހުގެރޭ ސްރީ ލަންކާއާ ވާދަކޮށް ރާއްޖެ ބަލިވީ، ސީދާ ތިން ސެޓުންނެވެ.

ރާއްޖެ ކުޅުނު ދެވަނަ ރޭންކިން މެޗުގައި އިއްޔެ ހަވީރު ނިއުޒިލޭންޑާ ވާދަކޮށްގެން ވެސް ރާއްޖެ ބަލިވީ ސީދާ ތިންސެޓުންނެވެ. ނިއުޒީލެންޑުން އެ މެޗުގެ ސެޓުތައް ގެންދިޔައީ 17-25، 12-25، 16-25 އިންނެވެ.

ޖުމުލަ 18 ޓީމާއެކު ކުރިއަށް ގެންދާ މި މުބާރާތުގައި ރާއްޖެކުޅޭ އެންމެ ފަހު ރޭންކިން މެޗުގައި މިއަދު ވާދަކުރާނީ އުޒްބެކިސްތާނާ ދެކޮޅަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު