ނޭޕާލުގައި ހިނގި ބަސް އެކްސިޑެންޓެއްގައި 14 މީހުން މަރުވެއްޖެ

ނޭޕާލުގައި ހިނގި ނުރައްކާތެރި ބަސް އެކްސިޑެންޓެއްގައި 14 މީހުން މަރުވެއްޖެ އެވެ.

ނޭޕާލުގެ ޑެއިލީ ޓައިމްސް ނޫހުން ބުނީ އެކަށީގެން ނުވާ ވަރަށް މީހުން އަރުވައިގެން ނޭޕާލުގެ މެދުތެރޭ ސަރަހައްދަކުން ދަތުރުކުރި ބަހެއް ފަރުބަދަ މަތީ މަގަކުން ވެއްޓުމުގެ ސަބަބުން 14 މީހުން މަރުވެ 50 މީހުން ޒަހަމްވި ކަމަށެވެ.

ނޭޕާލުގެ އޮފިޝަލުންނާ ހަވާލާދީ އެނޫހުން އަދި ބުނީ މަރުވި މީހުންގެ ތެރޭގައި ބިދޭސީން ވެސް ހިމެނޭ ކަމަށެވެ.

ބަސް ފުރޮޅައިލި އިރު އެ ބަހުގައި ތިބީ ހިންދޫ އިންގެ ފެސްޓިވަލަކަށް ދިއުމަށް ދަތުރުކުރަމުން ދިޔަ ނޭޕާލް މީހުންނާއި އެހެން ގައުމުތަކުގެ ޓޫރިސްޓުންނެވެ.

އެ ހާދިސާ ހިނގީ ވެރިރަށް ކަތުމަންޑޫގެ ކައިރީގައިވާ ނުވާކޮޓް ނަމަކަށް ކިޔާ ފަރުބަދަ މަތީ ރަށެއްގައި ކަމަށް ނޭޕާލު އޮފިޝަލުންނާ ހަވާލާދީ ނޫހުން ބުންޏެވެ. އަދި ބުނީ މަރުވި ތިން ޓޫރިސްޓުންގެ ތެރެއިން މިހާތަނަށް އެއީ ކާކުކަން ދެނެގަނެވިފައި ވަނީ އިސްރާއީލު މީހެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު