މެމްބަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަކީ އިހްތިޔާރީ ކަމެއް ނޫން: އެމްޑީޕީ

ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ދައުލަތުން ދެމުންގެންދިޔަ ސެކިއުރިޓީގެ ހިދުމަތް ހުއްޓާލުމާ ގުޅިގެން، ސަރުކާރާ އިދިކޮޅު އެމްޑީޕީން އެކަމަށް ފާޑު ކިޔައިފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޖިލީހުގެ މެމްބަރުންނަށް ފޯރުކޮށްދެމުން ދިޔަ ސެކިޔުރިޓީގެ ހިދުމަތް ރޭ މެންދަމު 12:00ގެ ފަހުން ނުދޭން ނިންމުމާއި ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަކީ އިހްތިޔާރީ ކަމެއް ނޫން ކަމާއި އެއީ ޤާނޫނު އަސާސީގެ 105 ވަނަ މާއްދާގެ (ށ)ގެ ދަށުން ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުން ފޯރުކޮށްދޭން ޖެހޭ ހިދުމަތެއް ކަަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހަށިފުރާނައަށް މި ނުރައްކާ މިގޮތަށް އޮތްހިނދު، އަދި ޤާނޫނު އަސާސީގެ 105 ވަނަ މާއްދާގެ [ށ] ގައި ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމަށް ލާޒިމުކޮށްފައިވީހިނދު، މެމްބަރުންނަށް ޙިމާޔަތާ ރައްކާތެރިކަން ދިނުމަކީ އިޚްތިޔާރީ ކަމެއް ނޫންކަމާއި، އަދި ޙިމާޔަތާ ރައްކާތެރިކަން ނުދިނުމަކީ ޤާނޫނު އަސާސީއާ ވެސް ޚިލާފުކަމެއްކަމުގައި ދެކެމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިމަހުގެ 21 ވަނަ ދުވަހުން ރޭގެ ނިޔަލަށް މެންބަރުންނަށް ދެމުން ދިޔަ ސެކިޔުރިޓީގެ ހިދުމަތް ނުދޭން ނިންމި ސަބަބާއި ބެހޭ ގޮތުން އެމްއެންޑީއެފް އިން ބުނެފައި ވަނީ މެންބަރުންނަށް ސެކިޔުރިޓީ ދޭން ފެށި ހާލަތު މިހާރު ބަދަލުވެފައިވާ ކަަމަށެވެ. އަދި ދެން މެންބަރުންނަށް ސެކިޔުރިޓީ ދޭނެ ގޮތަކާއި ބެހޭ ގޮތުން އެމްއެންޑީއެފް އިން އިތުރު އެއްޗެއް ބުނެފައެއް ނުވެ އެވެ.

މަޖިލިސް މެމްބަރުންނަށް ކުއްލި ގޮތަކަށް ސިފައިން ސެކިއުރިޓީ ދޭން ފެށީ ދެ މީހަކު މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ނުރައްކާތެރި ކުށްވެރިޔެއް ކަމަށްވާ ގ. ކޯޒީ އިބްރާހިމް ޝަހުމް މާފުށީ ޖަލުން ފިލިތާ 48 ގަޑިއިރު ވެސް ނުވަނީސް އެވެ. އުމުރަށް ޖަލަށްލާފައި ހުރި ގއ. މާމެންދޫ، ޖަވާހިރުވާދީ، ފަރިޔާޝް އަހުމަދު ވެސް ޝަހުމްއާއެކު މާފުށީ ޖަލުންފިލި އެވެ.

ނަމަވެސް ފުލުހުން ހިންގި ކުއްލި އޮޕަރޭޝަނެއްގައި ޝަހުމް އަތުލައިގެންފައިވާއިރު، ފަރިޔާޝް ހައްޔަރު ކުރީ ކެފޭއެއްގައި ކޮފީބޯން އިންދަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު