ގެއްލުނު 43 ދަރިވަރުންގެ މައްސަލާގައި ގަވަރުނަރު އިސްތިއުފާ ދެއްވައިފި

މިދިޔަ މަހު މެކްސިކޯ ސިޓީ އިން ގެއްލުނު 43 ދަރިވަރުންގެ މައްސަލަ ހޫނުވެ އަދި އަދި ފާޑުކިޔުންތައް އަމާޒުވުމުން މެކްސިކަންގެ ގަވަރުނަރަކު، އެންޖަލް އަގުއިރޭ،58، އިއްޔެ އިސްތިއުފާ ދެެއްވައިފި އެވެ.

އަގުއިރޭ އާ ހަވާލާދީ ވޯލްޑް ސްޓްރީޓް އިން ބުނީ، ފުލުހުންގެ ހައްޔަރަށް ފަހު ގެއްލިފައިވާ ކަމަށް ބެލެވޭ 43 ކިޔަވާ ކުދިންގެ މައްސަލަ އަށް އޮތް ހަމަ އެކަނި ހައްލަކީ އޭނާ އިސްތިއުފާ ދެއްވުން ކަމަށް ގަބޫލު ކުރެވޭތީ އޭނާ އިސްތިއުފާ ދެއްވީ ކަމަށެވެ.

މިދިޔަ މަހު ގްރެރެރޭ ސްޓޭޓްގެ ފުލުހުން ހަ މީހަކު މަރާލައި އަދި ކޮލެޖުގައި ކިޔަވާ 43 ދަރިވަރަކު ފުލުހުން ހައްޔަރު ކުރި މައްސަލާގައި ގަވަރަރުނަރަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އަދި އެ 43 ކުދިން ޑްރަގް ކާޓެލް އަށް އަކަށް ރައްދު ކުރި ކަމަށް ވެސް ވަނީ ތުހުމަތު ކުރެވިފަ އެވެ. އެ ކުދިން މިހާރު ވަނީ މަރާލެވިފައި ކަމަށް ވަނީ ބެލެވިފަ އެވެ.

މެކްސިކޯގެ ހަމަނުޖެހުންތަކާ ގުޅިގެން އަގުއިރޭ އަކީ ޑިމޮކްރެޓިކް ރިވެލިއުޝަނަރީ ޕާޓީގެ ގަވަރުނަރުންގެ ތެރެއިން އިސްތިއުފާ ދެއްވި ދެ ވަނަ ގަވަރުނަރެވެ. ސޯޅަ މަސް ދުވަސް ވަންދެން އަމިއްލަ ދިފާއުގައި ކަމަށް ބުނެ، ހަތިޔާރާ އެކު މަގުމަތީގައި ތަޅާފޮޅުން ހިންގި މައްލަސައަކާ ގުޅިގެން މިދިޔަ ޖޫން މަހު ވަނީ މިޗޯކިއަން ސިޓީގެ ގަވަރުނަރު ވެސް އިސްތިއުފާ ދެއްވައިފަ އެވެެ.

މެކްސިކޯގެ ވެރިކަން ހިންގާ އިންސިޓިއުޝަނަލް ރިވެލިއުޝަން ޕާޓީ އާއި އަދި ކޮންޒަވޭޓިވް ނޭޝަނަލް އެކްޝަން ޕާޓީ އިން ވެސް ވަނީ ގަވަރުނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައިފަ އެވެ.

މުޒާހަރާ ކުރާ މީހުން ގޮވާލާފައި ވަނީ އަގުއިރޭ އިސްތިއުފާ ދެއްވައި ދަރިވަރުން ރައްކާތެރިކަމާ އެކު ގެނެސް ދިނުމަށެވެ. އަދި އަދި ބުދަ ދުވަހު ވަނީ ސިޓީ ހޯލުގައި ހުޅުޖަހައިފަ އެވެ. އަދި މުޒާހަރާ ކުރާ މީހުން ވަނީ ގަވަރުނަރުގެ ސްޓޭޓް އޮފީސްތަކަށް މިދިޔަ ހަފުތާގައި ގެއްލުންދީ ހަމަނުޖެހުން ހިންގައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު