ހުޅުލޭ ބްރިޖް ސާވޭ ޓީމް ރާއްޖެ އަތުވެއްޖެ

ހުޅުލެއާ މާލެއާ ދެމެދުއަޅާ ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ސާވޭކުރުމަށް ޗައިނާގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ޗައިނާ ސަރުކާރުން ފޮނުވި އެ ޓީމަކީ އަށް މެމްބަރުންގެ މައްޗަށް އެކުލެވޭ ސާވޭ ޓީމެކެވެ.

އެ ޓީމްގެ ބައްދަލުވުންތަކާ އެކު ރަސްމީކޮށް މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އާދީއްތަ ދުވަހު އެވެ. އެ ޓީމުން ކުރާ މަސައްކަތަކީ ފީސިބިލިޓީ ސްޓަޑީގެ ކުރިން އެއްކުރަން ޖެހޭ މައުލޫމާތުތައް އެއްކުރުމެވެ.

ރާއްޖޭގައި އެ ޓީމް ހޭދަކުރާނީ 40 ދުވަހުގެ މުއްދަތަކަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު