މަޖީދީމަގުގައި ހުރި ހުރިހާ ފެންފޯއްރުއްތައް ކަނޑާލައިފި

މަޖީދީމަގުގއި ހުރި ހުރިހާ ފެންފޯއް ރުއްތައް ބަޔަކު ކަނޑާލައިފިއެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަޖީދީމަގުގައި ހުރި ފެންފޯއްރުއްތަކަށް ގެއްލުންދިން މައްސަލައެއް ރޭ މެންދަމު 3:20 އެހައިކަންހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މަންޒަރުދުށް ބައެއް މީހުން ބުނީ ފެންފޯއްރުއްތައް ކަނޑާލާފައި ވަނީ ކަތިވަޅިއަކުން ކަމަށާއި އެކަން ކޮށްފައި ވަނީ މޫނުނިވާކޮށްގެންތިބި ބަޔަކު ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ އެ ފެންފޯރުއްތަކެއް އެތަނުން ގެންގޮސްފައެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ވެސް ބަޔަކު ވަނީ މަޖީދީމަގުގައި ހުރި ބައެއް ފެންފޯއްރުއްތަކެއް ކަނޑާލާފައެވެ.

އިންޑިއާ ސަރުކާރުން އެއްލައްކަ ފެންފޯއްރުން ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ. މަޖީދީމަގުގައި ފެންފޯއް ރުއްތައް އިންދާފައި ވަނީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލުން ނެވެ. މީގެކުރިން ސިޔާސީ ހަލަބޮލިވުންތަކުގައި ބައެއް ފެންފޯއްރުއްތައް އުފުރާލާފައިވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު