ކުށްވެރީން ހައްޔަރުކުރުމުގައި ދެއްކެވީ ގައުމީ ސަލާތަމަށް އިހްލާސްތެރިވާ މިންވަރު: ނާއިބް ރައީސް

މާފުށި ޖަލުން ފިލައިގެން އުޅުނު ނުރައްކާތެރި ދެ ކުށްވެރިން ކަމުގައިވާ ގ. ކޯޒީ، އިބްރާހީމް ޝަހްމު އާދަމް އާއި، ގއ. މާމެންދޫ، ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދު ހޯދައި އެ ދެ މީހުން ހައްޔަރު ކުރުމުގައި އެހީތެރިވި ފަރާތްތަކުން ދެއްކެވީ ގައުމީ ސަލާމަތަށް އިޙްލާތެރިވާ މިންވަރު ކަމަށް ނައިބްރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެ އެވެ.

ނާއިބް ރައީސް މިހެން ވިދާޅުވެފައި ވަނީ، ބުދަ ދުވަހު އިރުއޮއްސުނު ވަގުތު މާވެޔޮ މަގުގައި ހުރި ގެސްޓްހައުސް އަކުން ފުލުހުން ޝަހުމް އަތުލައި ގަނެ ހައްޔަރުކުރުމާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ ޓްވިޓާ އެކައުންޓްގައި ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.

"ކުށްވެރީން ހޯދުމުގައި އެހީތެރިވެލެއްވި ހުރިހާ ފަރާތްތަކަށް ވެސް ހިތުގެ ފުންމިނުން ޝުކުރު އަދާކުރަން. ތިޔަ ދެއްކެވީ ގައުމީ ސަލާމަތަށް އިހްލާސްތެރިވާ މިންވަރު،" ނުރައްކާތެރި ދެ ކުށްވެރީން ހައްޔަރުކުރުމުގައި ދިވެހި ސަލާމަތީ ބާރުތަކުން ދެއްކެވި ނަމޫނާއަށް ތައުރީފް ކުރައްވައި އެމަނިކުފާނު ވިދާޅުވި އެވެ.

ޝަހުމްއާއެކު ޖަލުން ފިލި ފަރިޔާޝް ހައްޔަރުކުރީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހެންވޭރު ޝަހީދު އަލީ މިސްކިތް ކައިރީގައި ހުންނަ ޓައިޓިއާނާސް ކެފޭގައި ހުއްޓައެވެ.

ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނާ ގުޅޭ ގޮތުން ކޮމިޝަނާ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ، މާފުށީ ޖަލުން ފިލައިގެން އުޅުނު ނުރައްކާތެރި ދެ ކުށްވެރީން އަތުލައިގަނެ މުޖުތަމަޢަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަން ނައްތާލުމަށް ދިވެހި ފުލުހުން ރައްޔިތުންނަށްޓަކައި ވެފައިވަނީ ވަރަށް މަތިވެރި ގުރުބާނީއެއް ކަމުގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު