އެލިއާ އިން އެމްއެންޑީއެފަށް ދެ އިންޖީނު ހަދިޔާކޮށްފި

އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށް ސްޕީޑް ލޯންޗުގައި ބޭނުންކުރާ ދެ އިންޖީނު ހަދިޔާކޮށްފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ދެ އިންޖީނު އެމްއެންޑީއެފާ ހަވާލުކޮށްފައިވަނީ އިއްޔެ ކަމަށާއި އެތަކެތި ހަވާކުުރުމަށް ބަންޑާރަ ކޮށީގައި ބޭއްވި ބައްދަލުވުމެއްގައި އެތަކެތި އެމްއެންޑީއެފާއި ހަވާލުކޮށްދެއްވީ އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް އަލާއު އަލީ އެވެ. މިތަކެއްޗާއި އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އެވެ.

އެލިއާ އިން އެމްއެންޑީއެފަށް ހަދިޔާ ކޮށްފައިވަނީ ހަތަރު ސްޓްރޯކް، 250 ހޯސްޕަވަރުގެ ޔަމަހާ ބްރޭންޑްގެ ދެ އިންޖީނެވެ. މިއީ ހަ ލައްކަ ފަސްދޮޅަސް އަށް ހާސް ދުއިސައްތަ ހަތްދިހަ ހަ ރުފިޔާގެ އަގުހުރި ދެ އިންޖީނު ކަމަށް އެމްއެންޑީފުން ބުންޏެވެ.

މި އިންޖީނުތައް އެލިއާ އިން އެމްއެންޑީއެފަށް ހަދިޔާކޮށްފައި ވަނީ އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ 50 ވަނަ ރަންޔޫބިލް މުނާސަބަތު، އެކުންފުނީގެ ސީއެސްއާރު މަސައްކަތުގެ ތެރެއިންނެވެ. އަދި އެމްއެންޑީއެފަކީ އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ހިންގަން ފެށީއްސުރެ އެކުންފުންޏާއި ވަރަށް ބޮޑު ގުޅުމެއް ބާއްވަމުން އަންނަ މުއައްސަސާއެެކެވެ.

އެލިއާ އަކީ ސިފައިންގެ ތަފާތު އެކި ކަންކަމުގައި ގިނަ ގޮތްގޮތުން އެހީތެރިވާ ކުންފުންޏެއް ކަމަށާއި މިއަހަރު ބޭއްވުނު ސިފައިންގެ ބާސްކެޓް ބޯޅަ މުބާރާތުގެ މެއިން ސްޕޮންސަރަކީ ވެސް އެލިއާ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު