މަޖިލިސް މެމްބަރުންގެ ސެކިއުރިޓީ މެދުކަނޑާލަން ނިންމައިފި

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދެމުންއައި ސެކިއުރިޓީ މެދުކަނޑާލަން ނިންމައިފިއެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ހުސައިން އަލީ ވިދާޅުވީ މިރޭ 12:00ގެ ފަހުން ސެކިއުރިޓީގެ ޚިދުމަތް މެދުކަނޑާލަން ނިންމީ "ސެކިއުރިޓީދޭން ނިންމި ހާލަތު" ބަދަލުވެފައިވާތީ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެމްއެންޑީއެފް އިން ދެމުން އަންނަ ސެކިއުރިޓީ މިރޭ 12:00 ގެ ފަހުން މެދުކަނޑާލަން ވަނީ ނިންމާފައި. ސެކިއުރިޓީ މެދުކަނޑާލަން ނިންމީ ހާލަތު ބަދަލުވެފައިވާތީ. މެންބަރުންނަށް ސެކިޔުރިޓީ ދޭން ނިންމި ހާލަތު މިހާރު މިވަނީ ބަދަލުވެފައި،" ހުސައިން އަލީ ވިދާޅުވި އެވެ.

މެންބަރުން އެދިވަޑައިގެންފިނަމަ ސެކިއުރިޓީ ހަމަޖެހޭނެތޯ ދެންނެވުމުން ހުސައިން އަލީ ވިދާޅުވީ މެންބަރުންގެ ސެކިއުރިޓީއާ ބެހޭގޮތުން އިތުރު މައުލޫމާތު ދެވެން ނެތްކަމަށެވެ.

ރައްޔިތުްންގެ މަޖިލީހުގެ އަމީން އާންމު އަހްމަދު މުހައްމަދު މިއަދު 'ސަން' އަށް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ ސެކިއުރިޓީ މިރޭ 12:00 ގެ ފަހުން މެދުކަނޑާލަން ނިންމާފައިވާކަން އެސްއެމްއެސް މެދުވެރިކޮށް ހުރިހާ މެމްބަރުންނަށް އަންގާފައިވާނެ ކަމަށެވެ.

"އެ މެސެޖުގައި އެމްއެންޑީއެފް އިން އެގޮތަށް ނިންމެވި ސަބަބު ވެސް ވަނީ ބަޔާންކޮށްފައި،" އަމީންއާންމު ވިދާޅުވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު