މަނަދޫގައި ސަރުކާރުން އެޅި 15 ހައުސިން ޔުނިޓް ރަށު ކައުންސިލާ ހަވާލުކޮށްފި

ސަރުކާރުން ހިންގާ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުގެ ދަށުން ނ. މަނަދޫގައި އަޅާ 25 ހައުސިން ޔުނިޓްގެ ތެރެއިން 15 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި އެރަށު ކައުންސިލާ މިއަދު ހަވާލުކޮށްފި އެވެ.

މަނަދޫ ކައުންސިލުން ބުނީ އެރަށު ކައުންސިލާ ހަވާލުކުރި 15 ހައުސިން ޔުނިޓްގެ ކަރަންޓާއި ނަރުދަމާގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

"...މިރަށުގައި އަޅާ 25 ހައުސިން ޔުނިޓްގެ ތެރެއިން 15 ހައުސިން ޔުނިޓް މިހާރު ވަނީ ކައުންސިލާ ހަވާލުކޮށްފައި. އެތަންތަނަށް ކަރަންޓާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ފެނަކަ ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފައި. މިހާރު ނުނިމި ހުރި 10 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރު ބަޔަކާ ހަވާލުކުރާނެ ކަމަށް މިނިސްޓްރީން ބުނެފައި ވަނީ،" މަނަދޫ ކައުންސިލްގެ ރައީސް ޢަބުދުއް ރަޙުމާނު ސަބީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ނިމިފައިވާ 15 ހައުސިން ޔުނިޓްގެ ތެރެއިން އަށް ޔުނިޓެއް މަނަދޫއިން އެކަމަށް އެދުނު މީހުންގެ ތެރެއިން އަށް ފަރާތަކަށް ދޭން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ހަ ޔުނިޓެއް ލިބޭނީ އެކަމަށް އެދިފައިވާ އެހެން ރަށްރަށުގެ މީހުންނަށް ކަމަށާއި އެހެން ނަމަވެސް އެ ފަރާތްތައް އަދި ކަނޑައަޅާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު