އެމެރިކާއިން އޮޅިގެން ދިން ހަމަލާއެއްގައި އިރާގު ސިފައިންގެ އަށް މީހުން މަރުވެއްޖެ

އިސްލާމިކް ސްޓޭޓް ( އައިއެސް) އާ ދެކޮޅަށް އެމެރިކާ ސިފައިން ދޭން އުޅުނު ބޮމުގެ ހަމަލާއެއް އިރާގު ސިފައިންގެ ފައުޖަކަށް އަމާޒުވެ، އަށް މީހުން މަރުވެއްޖެ އެވެ.

އިރާގު ސިފައިންގެ އޮފިޝަލަކާ ހަވާލާދީ އީރާނުގެ ޕްރެސްޓީވީން އިއްޔެ ބުނީ ބަޣުދާދުގެ ހުޅަނގުގައިވާ ދުވައިލިބާ ނަމަކަށް ކިޔާ ރަށަށް ޑްރޯން އެއް ބޭނުންކޮށްގެން ދިން އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އިރާގު ސިފައިންގެ ޖެނެރަލަކުވެސް ހިމެނޭ ކަމަށެވެ. އަދި ބުނީ އެމެރިކާގެ ހަމަލާ އިރާގު ސިފައިންނަށް އަމާޒުވީ އައިއެސްއާ ދެކޮޅަށް، އެމީހުން ކުރިއަރަމުން ދަނިކޮށް ކަމަށެވެ. އެ ހަމަލާގެ ސަބަބުން އިރާގު ސިފައިންނާއި ވޮލަންޓްރީ ހަނގުރާމަވެރިންގެ ފައުޖު ތިން ދިމާލަކުން ހިސާރު ކުރުމުގެ ފުރުސަތު އައިއެސްއަށް ލިބުނު ކަމަށް ވެސް ބުންޏެވެ.

ޕްރެސްޓީވީއާ ވާހަކަ ދެއްކި އިރާގުގެ ސިޔާސީ މުފައްކިރެއް ކަމަށްވާ އިއްސާމް ފާއިލީ ބުނެފައިވާ ގޮތުގައި އެމެރިކާގެ އެފަދަ ހަމަލާތައް އިރާގު ސިފައިންނަށް އަމާޒުވަނީ ދެފަރާތުގެ ގުޅުން ކުޑަ ކަމުން ކަމަށް ވެދާނެ ކަމަށެވެ. ނުވަތަ އެއީ އެމެރިކާ ސިފައިންނަށް ލިބޭ ޖާސޫސީ މައުލޫމާތު ނުބައިވުމުގެ ސަބަބުން ވާ ކަމެއް ކަމަށް ވެދާނެ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު