އެމްބީއޭ ޗެމްޕިއަންޝިޕް:
ޕޮއިންޓެއްގެ ތަފާތުން ސައިކްލޯން މޮޅުވެއްޖެ

އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ފަސްވަނަ މެޗުގައި ވީ-ޔުނައިޓެޑާ ވާދަކޮށް ޕޮއިންޓެއްގެ ތަފާތުން ސައިކްލޯން ބީސީ މޮޅުވެއްޖެ އެވެ.

މެޗުގެ އެންމެ ފަހު ވަގުތު ހޯދި ޕޮއިންޓާއެކު ވީ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން އެޓީމު މޮޅުވި ނަމަވެސް މިރޭގެ މެޗުގައި އެޓީމަށް ނަތީޖާ ބަދަލުކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗު ސައިކްލޯން އިން ކާމިޔާބުކުރީ 60-61 ޕޮއިންޓުންނެވެ.

ހަސަން ފާރިޝް 23 ޕޮއިންޓާއެކު ވީ ޔުނައިޓެޑަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން އިރު ސައިކްލޯނަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 26 ޕޮއިންޓު ހޯދި އަލީ ރުޒާމެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވީ ޔުނައިޓެޑްގެ އަލީ އަފްރާހެވެ.

މި މުބާރާތުގައި މާދަމާރޭ ކުޅޭނީ ގްރޫޕް ދޭއްގެ މެޗެކެވެ. ބުދަ ދުވަހުގެ ރޭ 8:30ގައި ފަށާ އެ މެޗުގައި ވާދަކުރާނީ ކްލަބް ޕީކޭ އާއި ޔޫއެން ފްރެންޑްސް އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު