ކިންގް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހއ. މުރައިދޫ އެކުވެރިންގެ ރޫހުން އިންތިޒާމުކޮށް ބާއްވާ 15 ވަނަ ކިންގް ކަޕް ފުޓްބޯޅަ މުބާރާތް އަންނަ މަހުގެ 25 ގައި ފެށުމަށް ހަމަޖައްސައި އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއާ ދިމާކޮށް މުރައިދޫގައި ބާއްވަމުން އަންނަ ކިންގް ކަޕުގައި ބައިވެރި ވުމުގެ ފުރުސަތު އަންނަ މަހުގެ 21އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އަތޮޅުގެ އެކި ރަށްރަށުން ޓީމުތައް ބައިވެރިކޮށްގެން މުރައިދޫގައި ކުރިއަށްގެންދާ ކިންގް ކަޕު މިދިޔަ އަހަރު ކާމިޔާބުކޮށްފައި ވަނީ އެރަށުގެ ޓީމެއް ކަމަށްވާ އެފްސީ ޔޯ އެވެ.

މުބާރާތް އިންތިޒާމް ކުރާ އެކުވެރިންގެ ރޫހު ބުނީ، މިއަހަރުގެ މުބާރާތުގައި ވެސް އެހެން އަހަރު ތަކެކޭ އެއްފަދައިން ވަނަވަނައަށް އަންނަ ޓީމުތަކަށް އަގުހުރި އިނާމުތަކެއް ހަމަޖެއްސުމަށްޓަކައި މަޝަވަރާ ކުރެވެމުންދާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު