ޑްރަގް ކޯޓު ހިންގެވުން ގާޒީ އަބްދުއްސައްތާރާ ހަވާލުކުރައްވައިފި

ޑްރަގް ކޯޓު ހިންގެވުން ގާޒީ އަބްދުއްސައްތާރު އަބްދުލް ހަމީދާ ޖުޑީޝަލް ސާވިސް ކޮމިޝަނުން ހަވާލު ކުރައްވައިފި އެވެ.

ގާޒީ އަބްދުއްސައްތާރާ ޑްރަގް ކޯޓު ހިންގެވުން ހަވާލުކުރައްވާފައި ވަނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިސް ގާޒީން ހަމަޖައްސާފައިނުވާ ކޯޓުތަކުގެ ހިންގުން ކޮންމެ ހަ މަހަކުން ބަދަލުކުރާ އުސޫލެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ އެކުލަވާލައިފައެވެ. އެ އުސޫލަކީ އިސް ގާޒީއަކު ހަމަޖެހެންދެން އަމަލުކުރުމަށް އެކަށައަޅާފައިވާ އުސޫލެކެވެ.

ޑްރަގް ކޯޓު ހިންގެވުން ފަނޑިޔާރު އަބްދުއްސައްތާރާ ހަވާލު ކުރައްވާފައިވާއިރު މިހާތަނަށް އެ ކޯޓު ހިންގަވަމުން ގެންދެވީ ގާޒީ މުހައްމަދު އީސާ ފުޅެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު