ހަތް ދުވަހަށް ވުރެ ދިގު މުއްދަތަށް މީހުން ބަންދު ކުރުމުގެ ގާނޫނު އުވާލައިފި

ހަތް ދުވަހަށް ވުރެ ދިގު މުއްދަތަކަށް މީހުން ބަންދުކުރުމުގައި ނުވަތަ ހައްޔަރު ކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން މިއަދު އުވާލައިފި އެވެ.

ހަތް ދުވަހަށް ވުރެ ދިގު މުއްދަތަކަށް މީހުން ބަންދުކުރުމުގައި ނުވަތަ ހައްޔަރު ކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ގާނޫނު އުވާލުމުގެ ބިލް މަޖިލީހުން ފާސްކުރައްވާފައި ވަނީ 54 މެންބަރުންގެ އިއްތިފާގުންނެވެ.

އެގާނޫނު އުވާލުމުގެ މައްސަލަ ދިރާސާކުރި މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ކޮމިޓީ މަރުހަލާގައި ވެސް ވަނީ އެ ގާނޫނު އުވާލަން ފާސްކޮށްފަ އެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވާފައިވާ މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ ޖޫން 9ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ދެ ވަނަ ޖަލްސާގަ އެވެ. އެ ބިލު ހުށަހަޅުއްވާފައި ވަނީ ގާނޫނު އަސާސީއާ ތަޢާރުޟުވާ ކަންކަން އިޞްލާޙުކުރުމަށް ޓަކައި ކަަމަށް ބިލް ހުށަހެޅުއްވި މެންބަރު ވުދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު