ބޭންކިންްގްއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަނެފި

ސަރުކާރުގެ ފަރާތުން، ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފް ހުށަހަޅުއްވާފައިވާ ދިވެހި ރާއްޖޭގެ ބޭންކިންގް އާ ބެހޭ ގާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަނެފި އެވެ.

އެ ބިލު ބަލައިގަނެފައި ވަނީ 55 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލު ބަލައިގަތުމާ ގުޅިގެން އިތުރަށް ދިރާސާކުރެއްވުމަށް ވަނީ އިގްތިޞާދީ ކޮމިޓީ އަށް ފޮނުވިފަ އެވެ.

ބޭންކިންގް އާ ބެހޭ ގާނޫނު އަށް އާރިފް ހުށަހެޅުއްވި އިސްލާހަކީ އެ ގާނޫނުގެ ދަށުން އެމްއެމްއޭގައި ބަހައްޓާ ކްރިޑިޓް އެކްސްޕޯޝާގެ މިންގަޑާއި ބޭންކާ ގުޅުން ހުރި ފަރާތްތަކަށް ދޫކުރާ ދަރަނީގެ މިންގަނޑު އެމްއެމްއޭ އިން ހަދާ ގަވާއިދެއްގެ ދަށުން ކަނޑައެޅުމަށެވެ.

މަޖިލީހަށް ބިލް ހުށަހަޅުއްވަމުން އާރިފް ވިދާޅުވީ ކްރެޑިޑް އެކްސްޕޯޝާގެ ގޮތުގައި އެއް ފަރާތަކަށް ބަހައްޓަން ޖެހޭ މިންވަރާއި ބޭންކްތަކާ ގުޅުން ހުރި ފަރާތްތަކަށް ދޫކުރާ ދަރަނީގެ މިންގަނޑު ގާނޫނުގައި ބަޔާންކޮށްފައި އޮތުމުން ރާއްޖޭގެ އިގްތިސާދަށް ހީނަރުކަމެއް ދިމާވާ ހާލަތުގައި ވެސް އަދި އެނޫން ވެސް ހާލަތުގައި ވެސް ގާނޫނަށް އިސްލާހު ގެނެސްގެން ނޫން ގޮތަކަށް އެ މިންގަނޑުތައް ބަދަލު ނުކުރެވޭ ގޮތަށް އޮތުމަކީ ގާނޫނު ތަންފީޒު ކުރުމަށް ތަފާތު ދަތިތައް ދިމާވާ ކަމެއް ކަަަމަށެވެ. އެހެން ކަަމުން އެފަދަ ހާލަތްތަކުގައި އެމްއެމްއޭ އިން ހަދާ ގަވާއިދެއްގެ ދަށުން އެ މިންގަނޑު ކަނޑައެޅުމަކީ ގާނޫނު ތަންދީޒް ކުރުމަށް ވެސް ފަސޭހަވެގެންދާނެ ކަމެއް ކަމަށް އާރިފް ވިދާޅުވި އެވެ.

ބިލްގެ ބަހުސް މަރުހަލާގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވީ ގާނޫނީ ގޮތުން ވަކި އަދަދެއްގައި ދައުލަތުގެ ރިޒާވް ހިފަހައްޓަން ބާރު އަޅާފައިވީ ނަމަވެސް ބޭންކިންއާއި ބެހޭ ގާނޫނަށް ހުށަހަަޅާފައިވާ އިސްލާހުތަކުގެ ސަބަބުން ރިޒާވް ސުން ޕަސަންޓަށް ގެންދިއުމުގެ ފުރުސަތު އޮތް ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ބޭންކުގައި ރައްޔިތުން ރައްކާކުރާ ފައިސާ އަށް ވެސް ވާނުވާ ނޭގުމުގެ ފުރުސަތު އެބައޮތް ކަމަށް އެމްޑީޕީގެ މެންބަެރުން ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ މިހާރުގެ ބޭންކިން ނިޒާމް އޮތް ގޮތުން އަލަށް ވިޔަފާރިއަކަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައިވާ ކަަމށެވެ. އަދި އެކަމުގެ ސަބަބުން އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތަކަށް ތަފާތު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެ އަލަށް ފަށާ ވިޔަފާރި ބަނގުރޫޓް ވެގެންދާ ކަަމށް ނިހާން ވިދާޅުވި އެވެ. އެހެންކަމުން މިހާރު ސަރުކާރުން ހުށަހަޅާ އިސްލާހުތަކުގެ ސަބަބުން އެކަމަށް ލުއެއް އަންނާނެ ކަަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ޖޭޕީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ބޭންކިން ނިޒާމް ހަރުދަނާކުރާ އިރު މިއަދު ހާލަތު އޮތް ގޮތުން ގާނޫނަށް އިސްލާހު ހުށަހަޅައިގެން މަރުކަޒީ ބޭންކް އެމްއެމްއޭ އަށް ބާރުތަކެއް ދިނުމަށް ތާއީދުނުކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ ބޭންކުން ނަގާ ލޯނަކަށް ފައިސާ ނުދެއްކުމުން ކޯޓަށް މަައްސަލަ ހުށަހަޅާ އެ ލޯނަށް ފައިސާ ދެއްކުމަށް ލޯން ނެގި ފަރާތައް އަންގާ ދުވަހުން ފެށިގެން ލޯން އިންސްޓްރެސްޓް ގޮތުގައި އިތުރު އެއްޗެއް ނެގިގެން ނުވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ބޭންކިން ނިޒާމާ ގާނޫނުތައް ހުރި ގޮތުން ލޯން ނެގި މީހާ ލޯން ދައްކާ ހަލާސް ކުރުމާ ހަމައަށް އެ ލޯނެއްގެ އިންޓްރެސްޓް ހިނގަހިނގާ ކުރިއަށްދާ ކަމަށާއި އެއީ އިސްލާހު ކުރަން ޖެހޭ މައްސަލަައެއް ކަމުގައި އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު