ޖުޑިޝަރީ އަށް ފާޑުކިއުމުން ޕާކިސްތާނުގެ ޓީވީއެއްގެ ލައިސަން ހިފަހައްޓައިފި

ޕާކިސްތާނުގެ ކޯޓްތަކަށް ފާޑުކިއުމުން އެގައުމުގެ ޓީވީ ސްޓޭޝަނެއްގެ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓައިފި އެވެ.

ނިއުޔޯކް ޓައިމްސް ބުނީ ޕާކިސްތާނުގެ އޭއާރްވައި ނިއުސް އޮން އެއާ ކުރުން 15 ދުވަހަށް މަނާކޮށް، 10 މިލިޔަން ރުޕީސް އިން ޖޫރިމަނާ ކުރުމަށް އެގައުމުގެ މީޑިއާ ރެގިއުލޭޓަރީ އޮތޯރިޓީން ނިންމީ ޝަރުއީ ނިޒާމުގެ އަގު ވައްޓައިލި ކަމަށް ބުނެ ކަމަށެވެ. ނަމަވެސް އެޗެނަލާ ދެކޮޅަށް ފިޔަވަޅު އެޅީ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ސަރުކާރަށް ފާޑުކިޔާތީ ކަމަށް އެނަލިސްޓުން ބުނާ ކަމަށް ވެސް އެނޫހުން ބުންޏެވެ.

ސަސްޕެންޑްކޮށްފައިވާ ޓީވީ އޮން އެއާ ކުރުމުގެ ހުއްދަ ދިނުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޕާކިސްތާނުގެ ޖަމާއަތްތަކުން ވަނީ ގޮވާލާފަ އެވެ. އަދި އެކަމާ ގުޅިގެން ޕާކިސްތާނުގެ ސަރުކާރަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

އާރްވައި ނިއުސް އަކީ މިއަހަރު ސަސްޕެންޝަނާ ކުރިމަތިވި ޕާކިސްތާނުގެ ދެވަނަ ޓީވީ ޗެނަލެވެ. އެގޮތުން ކުރިން ހުއްޓުވި ޗެނަލަކީ ޕާކިސްތާނުގެ އެންމެ މަޝްހޫރު އެއް ޗެނަލް ކަމަށްވާ ޖިއޯޓީވީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު