ޖަޔާލަލިތާ ކަފާލާތުގެ ދަށުން ދޫކޮށްލައިފި

އާމްދަނީ އަށް ވުރެ ގިނަ އިން މިލިކިއްޔާތު ހުރި މައްސަލާގައި ޖަލަށް ލުމަށް ހުކުމް ކުރި، އިންޑިއާގެ ޓެމިލްނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔާލަލިތާގެ ހަތަރު އަހަރުގެ ހުކުމް ފަސްކޮށް، ކަފާލާތުގެ ދަށުން މިނިވަންކޮށްފި އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުގެ ތިން ބޭފުޅުންގެ ބެންޗުން ހުކުރު ދުވަހު ނިންމީ، ޖަޔަލަލިތާ އާ އެކު ޖަލަށް ލުމަށް ހުކުމް ކުރި އޭނާގެ ތިން އެހީތެރިންގެ ޖަލު ހުކުމް ވެސް ފަސްކޮށް ކަފާލާތުގެ ދަށުން ދޫކޮށްލުމަށެވެ.

ޖަޔާ ލަލިތާ އާއި އޭނާގެ ބައިވެރިންގެ ހުކުމް ސަސްޕެންޑްކޮށް ބެއިލް އައުޓްކޮށްފައި ވަނީ ދެ މަސް ދުވަހުގެ ތެރޭގައި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ޝަރުތުކޮށެވެ. ހައި ކޯޓުގައި އެ މައްސަލައިގެ އަޑު އެހެމެއް އޮންނާނީ އަަންނަ ޑިސެމްބަރު މަހު 18 ވަނަ ދުވަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު