އެއްޖިންސުން ގުޅުން ހިންގަމުން ދިޔަ ކަމުގެ ތުހުމަތުގައި ދުވަސްވީ މީހަކު ހައްޔަރުކޮށްފި

ކުޑަ ފިރިހެން ކުއްޖަކާ އެކު ތަކުރާރުކޮށް އެއްޖިންސުން ގުޅުން ހިންގަމުން ދިޔަ ކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ކުޑަކުއްޖަކާ މެދު އެއްޖިންސުން ގުޅުން ހިންގަމުން ދިޔަ ކަމުގެ ތުހުމަތުގައި އުމުރުން 86 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ އަކީ ހއ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ތަކުރާރުކޮށް ކުޑަކުއްޖަކާ އެއްޖިން ގުޅުންހިންގަމުން ދިޔަ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު