އެމްބީއޭ ޗެމްޕިއަންޝިޕް: ޕީކޭ އާ ވާދަކޮށް ޔޫއެން ފްރެންޑްސް ފެށުން ރަނގަޅުކޮށްފި

މިހާރު ކުރިއަށްދާ 22 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ތިން ވަނަ މެޗުގައި ކްލަބް ޕީކޭއާ ވާދަކޮށް 23 ޕޮއިންޓްގެ ތަފާތުން މެޗު ކާމިޔާބުކޮށް ޔޫއެން ފްރެންޑްސް އިން ފެށުން ރަނގަޅުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ހޯމަ ދުވަހުގެ ރޭ ޕީކޭއާ ވާދަކޮށް ޔޫއެން ފްރެންޑްސް މެޗު ކާމިޔާބުކުރީ، 73-50 ޕޮއިންޓުންނެވެ.

މި މެޗުގައި ޔޫއެން ފްރެންޑްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ، 17 ޕޮއިންޓް ހޯދި ޞައްފަތު ބަދީއު އެވެ. ޕީކޭއަށް އެންމެ ގިނަ ޕޮއިންޓު ހަމަކޮށްދިނީ 15 ޕޮއިންޓް ހަމަކުރި މަފާޒް މުޙައްމަދު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ، ޔޫއެން ފްރެންޑްސްގެ އަބްދުﷲ އަމްޒަރުއެވެ. އޭނާ މި މެޗުގައި 10 ޕޮއިންޓް ހޯދި އެވެ.

މި މުބާރާތުގައި އަންގާރަ ދުވަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަ މެޗުގައި ހަވީރު 4:00ގައި ވާދަކުރާނީ ސްޓިންޖާސް ބީސީއާއި އާރްއެލް ސިޓީއެވެ. ދެވަނަ މެޗުގައި ރޭގަނޑު 20:30ގައި ވާދަކުރާނީ ސައިކްލޯން ބީސީއާއި ވީ-ޔުނައިޓެޑް އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު