ޒުވާނެއްގެ ބުރަކަށްޓަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ޒުވާނެއްގެ ބުރަކަށްޓަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

އެ މާރާމާރީ މިރޭ ހިންގާފައި ވަނީ މާފަންނު "ބިސްބުރު" ކައިރީގަ އެވެ.

މަންޒަރު ދުއް މީހަކު "ސަން"އަށް ބުނީ އެ މާރާމާރީގައި ޒަހަމްވި ޒުވާނާގެ ބުރަކަށީގައި "ވަޅި އަޅާފައިވާ" ކަމަށާއި އޭނާގެ ގައިން ވަރަށް ގިނައިން ލޭ ވެސް ފޭބި ކަމަށެވެ. ލިބިފައިވާ ޒަހަމްތަކަށް ފަރުވާދިނުމަށް އެ ޒުވާނާ ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ޒުވާނާ ޒަހަމްކޮށްލީ ހަތަރު މީހުންގެ ގްރޫޕަކުނެވެ. އޭނާއަށް ހަމަލާދިނުމަށްފަހު އެ މީހުން ވަނީ ފިލާފަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު