ޝިފްޓް 3 ޓީމުން 'މަރްހޫމް ޔޫސުފް ޒަމީރު ކަޕް'ގެ ޗެމްޕިއަންކަން ހޯދައިފި

ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ މުވައްޒަފުންގެ މެދުގައި ކުޅުނު 'އަލްމަރްހޫމް ޔޫސުފް ޒަމީރު ކަޕް 2014'ގެ ފައިނަލް މެޗުގައި އޮޕެރޭޝަން ޝިފްޓް2 އާއި ވާދަކޮށް ޝިފްޓް3 ޓީމުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ރޭ ކުޅުނު ފައިނަލްގައި ޝިފްޓް3ގެ ޓީމުން ޝިފްޓް2ގެ އަތުން މޮޅުވީ 5-1 ލަނޑުންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ޝިފްޓް3 ޓީމުގެ މުހައްމަދު ޝަހުބާން އެވެ. ޝަހުބާން ވަނީ މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާގެ މަގާމް ވެސް ހޯދާފައެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޝިފްޓް3 ޓީމްގެ މުހައްމަދު ޝަހުބާން އާއި އާދަމް ޝާހިދު އާއި އިސްމާއިލް އަންވަރު އަދި ޝިފްޓް2 ޓީމްގެ އިރުފާން އަބްދުﷲ އާއި މުހައްމަދު ބައްސާމް އެވެ.

ފައިނަލް މެޗް ޝަރަފުވެރި ކޮށްދެއްވައި ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލް އަދި ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ ހެޑް އޮފް ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމެންޓުގެ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ނިޒާމް އެވެ.

"ޔުނިޓީ ރެސަލްޓްސް ކޮލިޓީ" މި ޝިއާރުގެ ދަށުން ބޭއްވުނު މި މުބާރާތަކީ މާލޭ ކަސްޓޯޑިއަލް ގައި މަސައްކަތް ކުރަމުން ގެންދިޔަ އަލްމަރްހޫމް ޕޮލިސް ކޮންސްޓަބަލް ޔޫސުފް ޒަމީރްގެ ހަނދާނުގައި 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ.

މި މުބާރާތުގެ މަގްސަދަކީ އަލްމަރްހޫމް ޔޫސްފް ރަމީޒުގެ ހަނދާން އާކޮށް މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް އެއްބައިވަންތަކަން ގާއިމުކުރުމާއި މުވައްޒަފުންގެ ފިޓްނަސް ދެމެހެއްޓުމެވެ.

މިފަހަރުގެ މުބާރާތް އިންތިޒާމް ކޮށްފައިވަނީ މާލޭ ކަސްޓޯޑިއަލް އެސްކޮޓް ޝިފްޓް ބީ އިންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު