އައްޔުބޭ މަރާލިކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ކުރި މަސްތުވާތަކެތި ގެންގުޅުމުގެ ދައުވާ ސާބިތެއްނުވި

ދ. ކުޑަހުވަދޫ ސަމަންދަރުގޭ އަލީ ހަސަން މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ދައުލަތުން ކުރި މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ދ. ކުޑަހުވަދޫ ރަނަކުރި އިބްރާހީމް މާޖިދުގެ މައްޗަށް ދައުލަތުން ކުރި މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކުރީ އިއްޔެއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ 2011 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 8:15 އެހައިކަންހާއިރު މާޖިދު ހައްޔަރު ކުރުމަށްފަހު ފުލުހުންގެ ވެހިކަލުގައި ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް އޭނައާ އިތުރު މީހަކު ގެންދިޔަ ވެހިކަލު ބަލާފާސްކުރިއިރު، އެވެހިކަލުގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ މާޖިދުގެ ތަކެތިކަން ސާބިތުކުރެވޭ ވަރުގެ ހެކި ލިބިފައިނުވާ ކަމަށެވެ.

އެ ހުކުމްގައި ވަނީ މާޖިދުގެ ކުޑަކަމުދާތަކެތި ނަގާފައި ވަނީ އެތަކެތި ނެގުމަށް ކަނޑައެޅިފައިވާ އިޖުރާއަތާއިޚިލާފަށް ކަމަށްވާތީ، އޭނާގެ މައްޗަށް ދައުލަތުން ކުރި މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ވެސް ވަނީ ހުކުމް ކޮށްފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު