ވިލިމާލޭ ގިރާ ސަރަހައްދު ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ވިލިމާލޭ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް 7.3 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

އެންވާރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް އެމްޓީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓީގެ ފަރާތުން ސޮއިކުރެއްވީ އެންވަރުމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު އާއިޝަތު ޝޫޒަން ހަނީފެވެ.

އެ ރަސްމިޔާތުގައި އެންވަރުމަންޓް މިނިސްޓަރު ތޯރިގު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ވިލިމާލޭ ގިރާ ސަރައްދުގައި 130 މީޓަރުގެ ތޮށިގަނޑެއް ލެވޭނެ ކަމަށާއި 250 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމަން ޖެހޭ ކަމަށް އެއްބަސްވުމުގައި ހިމަނާފައިވާނެ ކަމަށެވެ.

ރަށް ގިރުމުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފަހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް ފަސް ރަށެއްގެ ރަށްގިރުން ހުއްޓުވުމުގެ އަމަލީ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު ޝޫޒަން ވިދާޅުވީ އެންވަރުމަންޓަލް އިންޕެކްޓް އެސެސްމަންޓް ހެދުމަށްފަހު އަންނަ ޖެނުއަރީ މަހުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު