މަޝްހޫރު ފެތުންތެރިޔާ މައިކަލް ފެލްޕްސް ހައްޔަރުކޮށްފި

މަސްތުވެފައިވާ ހާލުގައި ބާރު ސްޕީޑެއްގައި ކާރު ދުއްވުމުން، އެމެރިކާގެ މަޝްހޫރު ފެތުންތެރިޔާ މައިކަލް ފެލްޕްސް ހައްޔަރު ކޮށްފި އެވެ.

އެމެރިކާގެ މެރީލޭންޑްގެ ސިޓީއެއް ކަމަށްވާ ބަލްޓިމޯގެ މެކް ހެންރީ ޓަނަލްގައި ގަވާއިދާ ޚިލާފަށް ގަޑިއަކު 84 މޭލު ބާރުމިނުގައި ދުއްވިކަމަށް ތުހުމަތުކުރެވި 18 ފަހަރު އޮލިމްޕިކް ރަން މެޑަލް ހޯދާފައިވާ ފެލްޕްސް ހައްޔަރުކޮށްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

މީގެ ކުރިން 2004ގައި ވެސް ބާރު ސްޕީޑެއްގައި ގާވާއިދާ ޚިލާފަށް ކާރު ދުއްވުމުގެ ކުށުގައި 29 އަހަރުގެ ފެލްޕެސް ވަނީ ހައްޔަރުކޮށްފައެވެ. އެފަހަރު ކޯޓުގައި ވާހަކަ ދައްކަމުން ފެލްޕްސް ވަނީ އޭގެ ފަހުން ދެން އެކަހަލަ އަމަލެއް ތަކުރާރު ނުކުރާނެ ކަމަށް ބުނެފައެވެ.

" އަހަރެންނަށް އިނގޭ މި ކުރެވުނު ކުށުގެ ސީރިއަސް މިންވަރު. އަހަރެން ދެން މިކަހަލަ ކަމެއް ތަކުރާރު ނުކޮށް ވޭތޯ މަސަތްކަތް ކުރާނަން." އެފަހަރުގެ މައްސަލައިގައި ވާހަކަދައްކަމުން ފެލްޕްސް ބުނެފައިވެއެވެ.

އެމެރިކާގެ ފެތުންތެރިޔާ އަކީ މިހާރުވެސް ފެތުމުގެ ގިނަ އިވެންޓު ތަކުން ދުނިޔޭގެ އެއްވަނައެވެ. ފެލްޕްސް ގެ އަތުގައި އޮލިމްޕިކް އެތަކެއް ރެކޯޑް ތަކެއް ވާއިރު އޭނާ ވަނީ 2008 އަދި 2012 ގެ އޮލިމްޕިކް ގޭމްސް ގައިވެސް އޭނާގެ ހުނަރު ދައްކައި ގިނަ ރެކޯޑް ތަކެއް މުގުރާލާފައެވެ.

ފެލްޕްސް އަކީ ކުޅިވަރުގެ މައިދާނުގައި މީހުންގެ ތެރޭގައި މަޤްބޫލު އަދި ފެތުމުގައި ފާހަގަކޮށްލެވޭ ލެޖެންޑެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު