'ޝޭ ގެވާރާ' އާއި 'ހޫގޯ ޝާވޭޒް' ބޭނުން ކުރުން ކިޔުބާގައި މަނާކޮށްފި

ސިޔާސީ ދެ ލީޑަރުން ކަމުގައިވާ، ޝޭ ގެވާރާ އާއި ހޫގޯ ޝާވޭޒްގެ ނަން ޖަހައިގެން ހަދާފައިވާ ސެންޓުފުޅި އުފެއްދުން ކިއުބާގައި މަނާކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބީބީސީ އިން ބުނީ ޝޭ ގެވާރާ އާއި ހޫގޯ ޝާވޭޒްގެ ނަމުން ނަންދީފައިވާ އެ ދެ ބްރޭންޑްގެ ސެންޓް އުފައްދަނީ ކިއުބާގައި ހުންނަ ސްޓޭޓް ފާމަސޫޓިކަލް ކުންފުންޏަކުން ކަމަށެވެ. ކިއުބާގެ ސަރުކާރުން ވަނީ ސްޓޭޓް ފާމަސޫޓިކަލް އިން އެ ދެެ ބްރޭންޑްގެ ސެންޓް އުފެއްދުން ހުއްޓާނުލައިފި ނަމަ ޑިސިޕްލިނަރީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފަ އެވެ.

"ޝޭ ގެވާރާ އާއި ހޫގޯ ޝާވޭޒްގެ ނަން ޖަހައިގެން ސެންޓުފުޅިއެއް އުފެއްދުމަކީ ސީރިއަސް މައްސަލައެއް... އެކަމާ ގުޅިގެން ފިޔަވަޅު ވެސް އަޅާނަން.. އެކަހަލަ ކަންތައްތަކަކީ މިރިވޮލިއުޝަނަރީ ސަރުކާރާއި ކިއުބާގެ ރައްޔިތުން ވެސް ތާއީދުކުރާނެ ކަމެއް ނޫން.." ކިއުބާގެ މިނިސްޓަރުންގެ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އިން ނެރުނު ބަޔާނެއްގައިވެ އެވެ.
ސިޔާސީ ދެ ލީޑަރުން ކަމުގައިވާ، ޝޭ ގެވާރާ (ވ) އާއި ހޫގޯ ޝާވޭޒް (ކ)---

ކިއުބާގެ ވެރިރަށް ހަވާނާގައި ހުންނަ ސްޓޭޓް ލެބޯޓްރީ، ލަބިއޯފާމް އިން މިދިޔަ ބުރާސްފަތި ދުވަހު ދައްކާލި އެ ދެ ބްރޭންޑްގެ ސެންޓުފުޅީގެ ތެރެއިން އެއް ސެންޓުފުޅި އަށް ނަންދެވިފައި ވަނީ ކިއުބާގައި 1959 ވަނަ އަހަރު އޮތް ހުދުމުހުތާރު ވެރިކަން ވައްޓާލުމަށް ކުރި "ކިއުބަން ރިވޮލިއުޝަން"ގައި އިސް ރޯލެއް އަދާކުރި ޝޭ ގެވާރާގެ ނަމުންނެވެ. އަނެއް ސެންޓުފުޅިއަށް ނަންދެވިފައި ވަނީ ވެނެޒުއޭލާގެ ކުރީގެ ނައިބު ރައީސް، އަދި ކިއުބާގެ ސަރުކާރާއި ގާތް ގުޅުމެއް އޮތް ހޫގޯ ޝާވޭޒްގެ ނަމުންނެވެ.

މިހާރު ނިޔާވެފައިވީ ނަމަވެސް އެ ދެ މީހުންނަކީ ކިއުބާގެ ތާރީހުގައި ވަރަށް އިހުތިރާމާއި ގަދަރާ އެކު ނަން ފަވާލާފައިވާ ދެ ބޭފުޅުން ކަމަށް ކިއުބާގެ ކޮމިއުނިސްޓް ޕާޓީ އިން ނެރޭ ގްރެންމާ ނޫހުގައިވެ އެވެ. އެދެ ބޭފުޅުންގެ ނަން ދީފައިވާ ސެންޓް އުފެއްދުން މަނާ ކޮށްފައި ވަނީ އެ ދެ ބޭފުޅުންނަށް ކިއުބާ އިން ކުރާ އިހްތިރާމެއްގެ ސަބަބުންނެވެ.
ޝޭ ގެވާރާ އާއި ހޫގޯ ޝާވޭޒްގެ ނަން ޖަހައިގެން ހަދާފައިވާ ސެންޓުފުޅި ދައްކާލަނީ--- ފޮޓޯ: ރޮައިޓާސް

އެ ދެ ބްރޭންޑްގެ ސެންޓުފުޅި ލޯންޗުކުރި ލަބިއޯފާމް ލެބޯޓްރީ އިން ވެސް ވަނީ ޝޭ ގެވާރާ އާއި ހޫގޯ ޝާވޭޒް އަށް އިހުތިރާމުގެ ބަސް ބުނެފައި ކަމަށް ބީބީސީ އިން ބުންޏެވެ.

"އެއީ ވަރަށް އަޅައިގަންނާނެ ސެންޓުފުޅިތަކެއް. އެކަމަކު އެ ދެ ސެންޓުފުޅި އަށް ނަންދެވިފައިވާ ދެ ނަމަކީ އަހަރުމެން ވެސް ވަރަށް އިހުތިރާމާ އެކު ދެކޭ ދެ ބޭފުޅުންގެ ނަން،" ލަބިއޯފާމް ލެބޯޓްރީގެ ރީސާޗް ޑިޕާޓްމަންޓްގެ ނައިބު ރައީސްކަމުގައި ހުންނަ އިސަބެލް ގޮންޒާލޭޒް ބުނިކަމަށްވެ އެވެ.

ނަމަވެސް އެޕްރޮޖެކްޓް އަށް ވަނީ ގިނަ ސޯޝަލް މީޑިއާ އާއި "ކިއުބަން ރިވޮލިއުޝަން"ގެ ސަޕޯޓަރުންގެ ފަރާތުން ތަފާތު ފާޑުކިޔުންތަކާ ކުރިމަތިލާންޖެހިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު