އެމެރިކާގެ އަންހެނަކަށް ދެބޯހުރި ވެލައެއް ފެނިއްޖެ

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މެއިންގެ އަންހެނަކަށް ދެބޯހުރި ވެލައެއް ފެނިއްޖެ އެވެ. އެ އަންހެންމީހާ އަށް މި ވެލާ ފެނިފައިވަނީ އޭތި މަގު ހުރަސްކުރަނިކޮށެވެ.

ހުދްސަންގެ ރައްޔިތެއްކަމުގައިވާ ކަތްލީން ޓެލްބޮޓް ވީ.އެލް.ބީ.ޒެޑް ޓީވީ މެދުވެރިކޮށް ބުނެފައިވާ ގޮތުގައި އެ އަންހެންމީހާ އަށް ވެލާ ފެނިފައިވަނީ ވަރަށް ކުދި ވެލާތަކެއް، މި ހަފްތާގެ ތެރޭގައި ސަލާމަތްތެރިކަމާއި އެކު މަގު ހުރަސްކުރޭތޯ ބަލަމުންދަނިކޮށެވެ.

އެވަގުތު އޭނާއަށް ފާހަގަ ކުރެވުނީ އެއް ވެލާ މަގު ހުރަސްނުކޮށް މަޑުކޮށްގެން އޮތްތަނެވެ. އެވަގުތު އެ ވެލާ އޮތްލެއް ހަޑިކަމުންނާއި އޭތީގެ ގައިގައި އެކިކަހަލަ އެއްޗެތި އުނގުޅިފައި ހުރުމުގެ ސަބަބުން، އޭނާއަށް ފުރަތަމަ ހީވީ އެ ވެލާގެ ކުރިމަތީގައި ދެފައި ހުރި ހެންނެވެ. އެހެންނަމަވެސް ގެއަށް ގެންގޮސް އޭތި ދޮވެ ސާފުކޮށްލުމުން އެނގުނީ އެއީ ދެބޯ ހުރި ވެލައެއް ކަމެވެ.

އަންހެންމީހާގެ އަތްތިލައިގެ ތެރެއަށްލައްޗައި އެވެލާ ރީއްޗަށް ފޮރުވައިލެވެ އެވެ. އެ އަންހެންމީހާ މިހާރު ވަނީ މި ވެލަޔަށް ފްރޭންކް އަދި ސްޓެއިންގެ ނަމުން ނަން ދީފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު