ބޯޓް ދަތުރުކުރަން ގޮސް އުޅުނު ދިވެއްސަކު މަރުވެއްޖެ

ބޯޓް ދަތުރުކުރަން ގޮސް އުޅުނު ދިވެއްސަކު އިއްޔެ މަރުވެއްޖެ އެވެ.

ބޯޓް ދަތުރުކުރަން މީހުން ފޮނުވާ، ސެންކޯ މޯލްޑިވްސްގެ މެނޭޖާ އޮޕަރޭޝަން މުހައްމަދު ފާއިޒް ރަޝާދު މިއަދު ސަން އަށް ވިދާޅުވީ ބޯޓް ދަތުރުކުރަން ގޮސް އުޅުމުގެ ތެރޭގައި މަރުވެފައި ވަނީ ތ. ކިނބިދޫ، ނަރުގިސްވިލާ، އިބްރާހިމް އަލީ ކަމަށެވެ.

އޭނާ މަސައްކަތް ކުރަނީ "އެންވީ ދޮނަމާރިއާ" ކިޔާ ބޯޓެއްގަ އެވެ.

ފާއިޒް ވިދާޅުވީ އޭނާ މަރުވެފައި ވަނީ ބުރެޒިލްގެ ވިކްޓޯރިއާ އިން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް އޭނާ މަސައްކަތުގައި ހުއްޓައި ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

"ބޯޓްގެ ޑެގްމަތީގައި މަސައްކަތުގައި ހުއްޓާ ހާޓްއެޓޭކެއް ޖެހިގެން އޭނާ މަރުވެފައި ވަނީ، މިހާރު އެބޯޓް އެބަ ދަތުރުކުރޭ ބުރެޒިލް އަށް،" ފާއިޒް ވިދާޅުވި އެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި ވެސް ވަނީ ބޯޓް ކުރަން ގޮސް އުޅުނު ދިވެއްސަކު މަރުވެފަ އެވެ. އޭނާ މަރުވެފައި ވަނީ ބަލި ޗުއްޓީ ނަގައިގެން ބޯޓްގެ ކޮޓަރިއެއްގައި އޮންނަތާ ތިން ދުވަސްވީ ފަހުންނެވެ. އޭނާ ވެސް މަރުވެފައި ވަނީ އޭނާ މަސައްކަތް ކުރަމުން ދިޔަ ބޯޓް ބްރެޒިލުން ފުރައިގެން ޗައިނާ އަށް ދަތުރުކުރަމުން ދަނިކޮށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު