ޗައިނާގެ މުސްތަގުބަލު ވަނީ ރާއްޖޭގެ މުސްތަގުބަލާ ގުޅިފައި: ސަފީރު

ޗައިނާގެ މުސްތަގުބަލު ވަނީ ވަރަށް ބޮޑަށް ރާއްޖޭގެ މުސްތަގުބަލާ ގުޅިފައި ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ވާން ފޫކާން މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 65 އަހަރު ފުރުން ފާހަގަ ކުރުމަށް ކުރުނބާ ވިލެޖްގައި މިރޭ ބޭއްވި ޖާފަތެއްގައި ވާހަކަފުޅު ދައްކަވަމުން ފޫކާން ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުމުގެ ސަބަބުން ދެ ފަރާތަށް ވެސް އިތުރު ފައިދާތައް ވާނެ ކަމަށެވެ.

"...ރައީސް ޒީ ވައުދުވެވަޑައިގެންފައިވާ ގޮތަށް، އަޅުގަނޑުމެން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ތެރެއިން ތަރައްގީގެ އިތުރު ފުރުސަތުތައް ރާއްޖެއާ ހިއްސާކުރަމުން ދާނަން. އަޅުގަނޑުމެން ގަބޫލު ކުރަނީ ދެ ގައުމުގެ ދެމެދުގައި އޮތް ބައިވެރިވުމުގެ ތެރެއިން ދެ ގައުމަށް ވެސް ދެ ގައުމުގެ ރައްޔިތުންނަށް އިތުރު ހުވަފެންތައް ގެނެސްދެވޭނެ ކަމަށް. އަޅުގަނޑުމެން ގަބޫލުކުރަނީ ޗައިނާގެ ހުވަފެން ވަނީ ވަކިނުކުރެވޭނެހެން ރާއްޖޭގެ ހުވަފެނާ ގުޅިފައި ކަމަށް،" ފޫކާން ވިދާޅުވި އެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ފަހަކަށް އައިސް ގުޅުން ބަދަހިކުރެވިފައިވާ ދާއިރާތަކާ ބެހޭ ގޮތުން ވެސް ކާން މިރޭ ވާހަކަދެއްކެވި އެވެ.

މިރޭގެ ހަފުލާގައި ރާއްޖޭގެ ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖު އަހުމަދު މުހައްމަދާއި ޗައިނާ އެމްބަސީ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު