ކްރޫގާ ބްރޭންޑުގެ ކޮފީ ރީ-ލޯންޗްކޮށް، ހަތަރު ރެސްޓޯރަންޓަކުން ހިލޭ ކޮފީ ދީފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެތެރެކޮށް ވިއްކަމުންދާ ކްރޫގާ ބްރޭންޑުގެ ކޮފީގެ ވައްތަރެއް މިރޭ އަލުން ރީ-ލޯންޗްކޮށް ހިލޭ ކޮފީ ބޮވޭނެ ގޮތަށް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

އިންޓަނޭޝަނަލް ކޮފީ ޑޭ ފާހަގަކުރުމުގެ ގޮތުން އެސްޓީއޯ އިން ލޯންޗް ކުރި އެ ޕްރޮޑަކްޓް ލޯންޗް ކޮށްދެއްވީ މިރޭ ސީ ހައުސް ބްރެސަރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދު އެވެ.

ކްރޫގާ ބްރޭންޑުގެ ކޮފީ މިރޭ އަލުން ރީ-ލޯންޗް ކުރުމަށްފަހު އެސްޓީއޯ އިން ވަނީ މާލޭގެ ފަސް ރެސްޓޯރެންޓެއްގައި ވަކި ގަޑިއެއް ވަންދެން އެ ބްރޭންޑުގެ ކޮފީ ހިލޭ ލިބޭނެ ގޮތް އިންތިޒާމުކޮށްފަ އެވެ.

އެގޮތުން މިރޭ 9:00 އިން ފެށިގެން 10:00 އަށް "ދަ ކޮފީ ޑޭ ސްޕެޝަލް ބައި ކްރޫގާ" ގެ ނަމުގައި ސަލްސާ ރޯޔަލްއާއި ސިޓީ ގާޑަން އާއި ސިޓްރަން ބައި ލެމަންގްރާސްގެ އިތުރުން ސީހައު މޯލްޑިވްސް އަދި ސީހައުސް ބްރެސަރީ އިން ކްރޫގާ ބްރޭންޑުގެ ކޮފީ ހިލޭ ލިބެ އެވެ.

ކްރޫގާ ބްރޭންޑުގެ ކޮފީއަކީ އޭގައި އެއްވެސް ވަރަކަށް ކެފެއިން ނުހިމެނޭގޮތައް ތައްޔާރުކޮށްފައިވާ ޖަރުމަނުގެ މަޝްހޫރު ކޮފީ ބްރޭންޑެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު