އެބޯލާ ވައިރަސްހުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ރާއްޖެ އިން ފެނިއްޖެ

ހުޅަނގު އެފްރިކާގެ ބައެއް ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި "އެބޯލާ ވައިރަސް"ގެ ބަލި ހުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު މިއަދު ރާއްޖެ އިން ފެނިއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ނައިޖީރިއާގެ އެ ފިރިހެން މީހާއަކީ ރާއްޖެ ތެރޭގެ ރަށެއްގައި މަސައްކަތް ކުރުމަށް ޓަކައި ރާއްޖެ އައިސްފައިވާ މީހެކެވެ. އަދި އެމީހާގެ ގައިގާ އެބަލި ހުރި ކަމަށް ބެލެވުނީ އެމީހާ އަމިއްލައަށް ފޮރިން މިނިސްޓްރީއަށް ގޮސް އެ ވާހަކަ ބުނުމުން ނެވެ. އެމީހާ މިހާރު ވަނީ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.
'
އެމީހާ މިހާރު ވަނީ ހުޅުމާލޭގައި ހޮސްޕިޓަލްގައި ހެލްތު ޕްރޮޓެކްޝަން އެޖެންްސީ އިން ގާއިމްކޮށްފައިވާ ކަރަންޓީން ސެންޓަރަށް ގެންގޮސްފަ އެވެ.

މި ބަލި ޖެހިފައިވާ މީހަކު ރާއްޖެ އެތެރެވިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތެއް ކުރަމުން ގެންދާނެ ކަމާއި ބަލި ފެނިއްޖެ ނަމަ އަމަލުކުރާނެ އުސޫލުތަކާއި ބަލި ކޮންޓްރޯލްކުރުމަށާއި ބަލި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމަށް ޓަކައި ބޭނުންވާނެ މުހިއްމު އާލާތްތަކާއި ވަސީލަތްތައް ހޯދައި، ދުރާލާ ވާން ޖެހޭ ތައްޔާރީތައް ވުމަށް ޓަކައި ކުރަންޖެހޭ ކަންތައްތަކާއި އަދި މުޙިއްމު މަސައްކަތްތަކާ ބެހޭ ގޮތުން ފަންނީ ލަފާ ހޯދައިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހުޅަނގު އެފްރިކާގެ ގައުމުތަކުން މިބަލި ޖެހިގެން މިހާތަނަށް 3000 މީހުން ވަނީ މަރުވެފަ އެވެ. މިއީ 1976ގެ ފަހުގެ ތާރީހެއްގައި އެންމެ ގިނައިން އެބޯލާ ބަލި ފެނުނު ފަހަރެވެ.

ހެލްތު މިނިސްޓްރީ އިން ފަހުން ބުނީ އެ ބަލި ޖެހުނު ކަމަށް ރިޕޯޓް ކުރި މީހާގެ ގައިން އެކަމާ ބެހޭ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށެެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު