"ކަނެކްޓް" އެކްސްޕޯ އަންނަ މަހު ބާއްވާ ގޮތަށް ނިންމައިފި

ނަސީބުވެރި ތިން ފަރާތަކަށް ބައި މިލިއަން ރުފިޔާގެ އަގު ހުރި އިނާމު ލިބޭގޮތަށް "ކަނެކްޓް 2014" ޓެލެކޮމް އެންޑް އައިސީޓީ އެކްސްޕޯ މި އަހަރު އޮކްޓޯބަރު މަހުގެ 12،13 އަދި 14 ވަނަ ދުވަހު ދަރުބާރުގޭގައި ބާއްވަން ނިންމައިފި އެވެ.

ޓެކްނޮލޮޖީ އަށް ހާއްސަކޮށް ރާއްޖޭގައި ބާއްވަމުން އަންނަ އެ އެކްސްޕޯއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ޝީ ބިލްޑިންގުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ސީއޭއެމް)ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވީ އެ ފެއާގައި މިފަހަރު ގިނަ ދިވެހި ކުންފުނިތަކެއް ބައިވެރިވެފައިވާ ކަމަށެވެ.

އެ ފެއާއަކީ ޓެކްނޮލޮޖީ ނުވަތަ އައިޓީގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ބާއްވާ ފެއާއެއް ކަމުން އެ ފެއާގައި ބައިވެރިވާ އިންޓަނޭޝަނަލް ބްރޭންޑްތަކުގެ ތެރޭގައި ސެމްސަންގް އާއި ހުއާވޭފަދަ މަޝްހޫރު ކުންފުނިތައް ހިމެނެ އެވެ. އަދި އެ ފަރާތްތަކުގެ ގިނަ ހަރަކާތްތަކެއް ފެއާގެ ތެރޭގައި ފެންނާނެ ކަމަށް ސީއޭއެމް އިން ބުނެ އެވެ.

އެކްސްޕޯގައި ބައިވެރިވާ ކުންފުނިތަކާއި ބްރޭންޑްތަކަށް އެ އެކްސްޕޯގެ ތެރެއިން އެފަރާތްތަކުގެ ބްރޭންޑްތަކާއި ތަކެތި ޕްރޮމޯޓްކޮރުމާއި އައު އުފެއްދުންތައް ލޯންޗްކޮށް އަމިއްލަ ފަރުދުންނަށް އެ ކުންފުނިތަކުގެ އުފެއްދުންތައް ނުވަތަ ޚިދުމަތްތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބެ އެވެ. އަދި އެކްސްޕޯ އަށްދާ ފަރާތްތަކަށް ހެޔޮއަގުގައި ތަކެތި ގަނެލުމުގެ ފުރުސަތު ވެސް ފެއާގެ ތެރެއިން ލިބޭނެ ކަމަށް ސީއޭއެމް އިން ބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު