ދަރިވަރަކަށް ބުލީކުރި ކަމަށް ބުނާ ޓީޗަރު އަލުން ކިޔަވަދޭން ނުކުމެއްޖެ

އިމާދުއްދީން ސްކޫލުގެ ގްރޭޑް ތިނެއްގައި ކިޔަވަމުން އަންނަ ދަރިވަރަކަށް 'ބުލީ' ކުރިކަމަށް ބުނާ މައްސަލާގައި ސަސްޕެންޑް ކުރި ޓީޗަރަށް އަލުން ސްކޫލަށް ނުކުންނަން އެޑިއުކޭޝަން މިނިސްޓްރީ އިން އަންގައިފި އެވެ.

ސަން ކަށަވަރުވެފައިވާ ގޮތުގައި އެ ޓީޗަރު އިއްޔެ އިން ފެށިގެން ވަނީ ސްކޫލަށް ނުކުންނަން ފަށައިފަ އެވެ.

ބުލީ ކުރިކަމަށް ބުނާ ދިވެހި އަންހެން ޓީޗަރު ސަސްޕެންޑްކޮށްފައި ވަނީ މި މަހުގެ ކުރީކޮޅުގަ އެވެ. އޭރު އޭނާ ގޭގައި މަޑުކުރަން އެންގީ އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީ އިން ބަލަމުންދާތީ އެވެ. އަދި އެނގިފައިވާ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީ އިން އެ މައްސަލަ ބެލުމަށް ފަހު ވަނީ ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ.

ބުލީކުރި ކަމަށް ބުނާ ޓީޗަރަށް "ވަކިގޮތަކަށް އަންގަންދެން ގޭގައި މަޑުކުރަން" އެޑިއުކޭޝަން މިނިސްޓްރީ އިން އަންގާފައި ވަނިކޮށް، ޓީޗާސް އެސޯސިއޭޝަން އިން ބުނެފައި ވަނީ ޓީޗަރު ސަސްޕެންޑް ކުރާވަރުގެ ކަމެއް އެ ޓީޗަރު ނުކުރާ ކަމަށެވެ.

ފުލުހުން ވެސް އެ މައްސަލަ ބަލަމުންދާ އިރު އެ މައްސަލާގައި ހިމެނޭ ދަރިވަރުގެ ބެލެނިވެރިން ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހެޅުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އިން ވަނީ މިއަދު އެ މައްސަލަ ބެލުމަށް ނިންމައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު