އަހަރެން ހުންނަން ބޭނުން ވަނީ ޗެލްސީގައި: ހެޒާޑު

ޗެލްސީގައި މިހާރު ކުޅެމުން އަންނަ މިޑްފީލްޑަރު އީޑެން ހެޒާޑް އަދި ވެސް ހުންނާނީ އެ ޓީމުގައި ކަމަށް އޭނާ ބުނެފި އެވެ.

ހެޒާޑް މިހެން ބުނެފައި ވަނީ މީޑިއާ ރިޯޓްތަކުގައި އޭނާ ޕެރިސް ސެއިންޓް ޖަރުމަނަށް (ޕީއެސްޖީ) އަށް ބަދަލުވާން މަސައްކަތް ކުރާ ކަމަށް ފެތުރުނު ވާހަކަަތަކަށް ޖަވާބު ދެމުންނެވެ.


ހެޒާޑް ބުނީ ބޮޑު އަގެއްދީފައި ފީއެސްޖީ އަށް އޭނާ ގެންދަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ.

ތޭވީސް އަހަރުގެ ހެޒާޑަށް ޕީއެސްޖީގެ ސަމާލުކަން ދެމުން އަންނަ އިރު ވެސް އޭނާގެ އުންމީދަކީ ޗެލްސީގައި ހުރުން ކަމަށް ހަޒާޑު ބުނެފައިވެ އެވެ.

"އަހަރެންނަށް ކޮންމެ އަހަރަކު ޕީއެސްޖީ އިން ވަރަށް ސަމާލުކަންދޭ. އެކަމު އަހަރެން ހުންނަން ބޭނުންވަނީ ޗެލްސީގައި. މިއީ އަހަރެން ކުޅުންތެރިއެއްގެ ގޮތުގައި އިތުރަށް ހެދިބޮޑުވާން. އެއީ އަހަރެންނަށް އެންމެ މުހިއްމު ކަމަކީ،" ހެޒާޑު ބުންޏެވެ.

އެހެން ޓީމަކަށް ދިޔުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ހެޒާޑު ބުނީ ޗެލްސީ ނޫން އެހެން ޓީމަކަށް ކުޅެން ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް ދާން ޖެހިއްޖެ ނަމަ ގުޅޭނީ ކުރީގެ ޓީމު ލިއްލޭ އަށް ކަމަށެވެ.

"ޗެލްސީގައި ހުންނަން ބޭނުންވަނީ. ނުބުނާނަން ދުވަހަކު ވެސް ނުދާނަމެކޭ އެހެން ޓީމަކަށް. އެކަމަކު އެހެން ޓީމަކަށް ވަންނާނީ ކުރީގެ ޓީމު ލިއްލޭ އަށް. އަހަރެން ވަރަށް ހިތްހަމަ ޖެހޭ ޓީމެއް އެއަކީ،" ހެޒާޑު ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު